'2އޮފްއަސް'އިން ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ހަފްލާ ފަޅުފިލުވާލަދެނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ ބީޓުބީ މީޑިއާ ގްރޫޕް، ހޮޓެލިއާ މޯލްޑިވްސް އިން ދޭ 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025' ހަފްލާ، ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ބޭންޑް ކަމަށްވާ '2އޮފްއަސް' އިން ފަޅުފިލުވާލަދޭން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025' ބާއްވަނީ އަންނަ މަހު 14ގައި ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގަ އެވެ.
ތަފްސީލް - އަހްމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހް ބިން ނަސްރުއްދީން، އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހްމަދު ޖަޝީމް ހިމެނޭ މި '2އޮފްއަސް' އަކީ އިންޑިއާގައި މިފަހުން ބޭއްވި ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް މުބާރާތުން ހޯދި ކާމިޔާބީއާ ގުޅިގެން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ރާއްޖޭގެ އެންމެ މަގުބޫލު އެއް ލައިވް ޕާފޯމަރުންނެވެ.
"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަމުން އަންނަ ފަރާތްތައް ފާހަގަކުރާ މިފަދަ ޝަރަފުވެރި ހަފްލާއެއްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެން ދިވެހި މިއުޒިކް ބައިނަލްއަގުވާމީ މައިދާނުގައި ތަމްސީލުކުރާތީ ފަހުރުވެރިވާ ފަދައިން، ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގައި އެ ހަމަ ޖޯޝާ އެކު ބައިވެރިވުމަށް ލިބުނު ފުރުސަތާ މެދު އުފާކުރަން،" '2އޮފްއަސް'ގެ ލީޑް ވޯކަލިސްޓް އަހްމަދު އަދުހަމް ބުންޏެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަގުބޫލު ހޮސްޕިޓަލިޓީ މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސްއިން ދޭ މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު 1 ޖެނުއަރީން 10 ފެބްރުއަރީއަށް ހަމަވިއިރު، 450އަށް ވުރެ ގިނަ ފަރާތުގެ ހުށަހެޅުން ލިބިފައިވެ އެވެ.
މި ހުށަހެޅުންތައް ވަނީ 6 މެންބަރުންގެ ފަނޑިޔާރުންގެ ޕެނަލަކުން ވަޒަންކޮށް މާކްސް ދީފަ އެވެ.
އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ފަނޑިޔާރުންގެ މާކްސްގެ %60 އާއި 25 މާޗުން 25 އޭޕްރީލްގެ ނިޔަލަށް ކުރިއަށްގެންދިޔަ އާންމު ވޯޓުގެ %40 ހިމެނޭ ގޮތަށެވެ.
ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)ގެ ޓައިޓަލް ސްޕޮންސަޝިޕްގެ ދަށުން ބާއްވާ މިއަހަރުގެ އެވޯޑަށް އަލަށް ހަތަރު ކެޓަގަރީއެއް އިތުރުކޮށްފައިވެ އެވެ. އެގޮތުން، ވޯޓަސްޕޯޓްސް ޕާސަނަލިޓީ އޮފް ދަ އިޔާ، ޑައިވިން ޕާސަނަލިޓީ އޮފް ދަ އިޔާ، އެއާޕޯޓް ރެޕްރެޒެންޓެޓިވް އޮފް ދަ އިޔާ އަދި ރިސޯޓް މެނޭޖާ އޮފް ދަ އިޔާގެ އެވޯޑު ހިމެނެ އެވެ.
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2025ގެ ސްޕޮންސަރުންނާއި ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
ޓައިޓަލް ސްޕޮންސަރު: ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)
ޑިޖިޓަލް ޕާޓްނަރު: ދިރާގު
ބޭންކިން ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
ގޯލްޑް ސްޕޮންސަރު: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)
ބެވަރޭޖް ޕާޓްނަރު: މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިޔުސީ)
އެސޯސިއޭޓް ސްޕޮންސަރުން: އެލިއާ އިންވެސްޓްމަންޓްސް އަދި މެޓަލްސައިންސް
މީޑިއާ ޕާޓްނަރު: މޯލްޑިވްސް ޓީވީ
ސަޕޯޓިން ޕާޓްނަރުން: މޯލްޑިވްސް އިންސައިޑާ، އޫފީ އަދި ލައިޓްސްއައުޓް ސްޓޫޑިއޯސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ