ބްރޯޑްކޮމްގެ ހިންގުން ހައްދުން ނެއްޓިފައި، މުވައްޒަފުންގެ ޕެޓިޝަނެއް މަޖިލީހަށް ބްރޯޑްކޮމްގެ ހިންގުން ހައްދުން ނެއްޓިފައި، މުވައްޒަފުންގެ ޕެޓިޝަނެއް މަޖިލީހަށް

ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ވެރިން ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް އެ ކޮމިޝަނުގެ މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ތަކުރާރުކޮށް ދިމާވަމުންދާ ގޮންޖެހުންތައް ހިއްސާކޮށް އެ ކަންކަމަށް މަޖިލިސް މެދުވެރިކޮށް ހައްލު ހޯދައިދިނުމަށް އެދި ޕެޓިޝަން ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މެދުވެރިކޮށެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ؛
ބްރޯޑްކޮމް ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިިޓީއަށެވެ. އެ ޕެޓިޝަނުގައި އެދިފައި ވަނީ ކޮމިޝަނުގެ ރައީސާއި، ނައިބު ރައީސް އަދި ބައެއް މެންބަރުން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކޮށްދިނުމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނަކީ ސަފާ ޝަފީގް އާއި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ) އާއި އައިމިނަތު އަމީނާ އާއި އައިމިނަތު ސަރާހަތު އިއްޒަތާއި އައިމިނަތު ނުޒުހާ އާއި ޝިފްލާ އިބްރާހިމް އާއި މޫސާ ރިލްވާން އެވެ. ކޮމިޝަނުގެ ރައީސްއަކީ ސަފާ އެވެ.
ބްރޯޑްކޮމްގެ ތެރޭގައި ސިޔާސީ ނުފޫޒު އިންތިހާއަށް ބޮޑުވެފައިވާއިރު އެ ކޮމިޝަނުގެ މެންބަރަކު ވަނީ ދާދިފަހުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށްވެސް ސޮއިކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ބައެއް ޓީވީ ސްޓޭޝަންތައް ހާޒިރުކޮށް ޖަވާބުދާރީވާން މިފަހުން ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ