ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑެއް ރައީސަށް

ދުންފަތާ ދެކޮޅަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތް ފާހަގަކޮށް، ޑަބްލިއުއެޗްއޯގެ ހާއްސަ އެވޯޑެއް އެ މަނިކުފާނަށް ލިބިވަޑައިގެންފި އެވެ.
ވީ ކިިހިނެއް؟ - ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި، ރައީސްއަށް ލިބިވަޑައިގެންނެވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓާ ޖެނެރަލްގެ ހާއްސަ އެވޯޑެވެ. މި އެވޯޑު ދެން ލިބިފައިވަނި މޮރިޝަސްގެ ހެލްތު މިނިސްޓްރީއަށެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަަގަކޮށް، ދުނިޔޭގެ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ. އެކަމަކު އެންމެ ހާއްސަ އެވޯޑު ލިބިވަޑައިގެންނެވީ ރައީސް އަށާއި މޮރިޝަސް އަށެވެ.
އެނގުން މުހިއްމު - 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ 'ޖެނެރޭޝަން ބޭން'އެއް ކަނޑައެޅުމަށް ފާސްކޮށްފައިވާތީ، އެކަމަށް ޑަބްލިއުއެޗްއޯއިން ކުރިން ވަނީ މަރުހަބާ ކިޔާފަ އެވެ. އެކަން، އެ ޖަމިއްޔާއިން ސިފަކުރީ، "ޖެހިލުން ކުޑަ" ނިންމުމެއްގެ ގޮތުގަ އެވެ.
ގާނޫނަށް މިދިޔަ އަހަރު ފަހުކޮޅު ގެނައި އިސްލާހާ އެކު 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުމަކީ މަނާކަމެވެ. އެކަން އިތުރަށް ހަރުކަށިކޮށް މިފަަހަރުގެ ބިލުގައި ހިމަނާފައި ވަނީ:
ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް 1 ޖެނުއަރީ 2007ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކު އިސްތިއުމާލުކޮށްގެން ނުވާނެ
އެއިން މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމާއި އޭގެ ވިޔަފާރީގައި ވެސް ބައިވެރިކޮށްގެން ނުވާނެ
މިހާރު ވެސް އޮންނަ ގޮތަށް 21 އަހަރުން ދަށުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ
މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ވޭޕް ވިއްކައި އެތެރެ ކުރުން ވެސް މަނާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ