އޭދަފުށީ މަގުތައް ހެދުމުގެ 2 ވަނަ ފިޔަވަހި 75 މިލިއަނަށް އާރުޑީސީއަށް

ބ. އޭދަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 75.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ:
ހައުސިންގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު 
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން އާރުޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތްތަކަކީ:
5.3 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުން
ދުވާރުތައް ހެދުން
ފެން ހިންދާ ނިޒާމް ގާއިމުކުރުން
މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކުރުން
އެނގުން މުހިންމު - މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި 2019ގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ. އެ ފިޔަވަހީގެ ދަށުން:
17785 އަކަމީޓަރުގެ މަގު ހެދި
ފެންހިންދާ ނިޒާމު ގާއިމްކުރި
172 އެލްއީޑީ ބޮކި ހަރުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ