47 ރަށެއްގައި ހައުސިން ޔުނިޓް އަޅަން ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސާޅިސް ހަތް ރަށެއްގައި ހައުސިން ޔުނިޓުތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި ހަތަރު އިއުލާނެއްގައިވާ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން އަތޮޅު ތެރޭގެ 57 ރަށެއްގައި ހައުސިން ޔުނިޓުތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ވަކިވަކިން ފަސް އިއުލާނެއް ކޮށްފައެވެ. މިއަދު ބަދަލު ގެނެސްފައިވަނީ އޭގެތެރެއިން ހަތަރު އިއުލާނުގެ ރެޖިސްޓްރޭޝަން ފީ ބަލައިގަންނަ ގަޑިއަށާއި، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ ގަޑިއަށެވެ. މި މަސައްކަތްތަކަށް ޝަރުތު ހަމަވާ ފަރާތްތައް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުންނެވެ. މި ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރާ ކްރައިޓީރިއާ، ޕްރީކޮލިފިކޭޝަން ޑޮކިއުމަންޓުގައި ބަޔާންކޮށްފައި ވެއެވެ. މި ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  1,500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. އެ ފައިސާ ދައްކަންޖެހޭނީ ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ. އިއުލާނަށް ގެނެސްފައިވާ ބަދަލުތައް 15 ރަށެއްގައި ހައުސިން ޔުނިޓު އެޅުން: ރަޖިސްޓްރޭޝަން ފީ ބަލައިގަންނަ މުއްދަތު މެއި 29އަށް އިތުރުކުރުމާއި، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު ޖޫން އެކަކަށް އިތުރުކޮށް، އެޕްލިކޭޝަން ހުޅުވުން ޖޫން އެކަކަށް ފަސްކުރުން 10 ރަށެއްގައި ހައުސިން ޔުނިޓު އެޅުން: ރަޖިސްޓްރޭޝަން ފީ ބަލައިގަންނަ މުއްދަތު މެއި 28އަށް އިތުރުކުރުމާއި، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު ޖޫން ދޭކަށް އިތުރުކޮށް، އެޕްލިކޭޝަން ހުޅުވުން ޖޫން ތިނަކަށް ފަސްކުރުން 8 ރަށެއްގައި ހައުސިން ޔުނިޓު އެޅުން: ރަޖިސްޓްރޭޝަން ފީ ބަލައިގަންނަ މުއްދަތު މެއި 29އަށް އިތުރުކުރުމާއި، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު ޖޫން ތިނަކަށް އިތުރުކޮށް، އެޕްލިކޭޝަން ހުޅުވުން ޖޫން ހަތަރަކަށް ފަސްކުރުން 14 ރަށެއްގައި ހައުސިން ޔުނިޓު އެޅުން: ރަޖިސްޓްރޭޝަން ފީ ބަލައިގަންނަ މުއްދަތު މެއި 26އަށް އިތުރުކުރުމާއި، ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު މެއި 29އަށް އިތުރުކޮށް، އެޕްލިކޭޝަން ހުޅުވުން މެއި 29އަށް ފަސްކުރުން ބީލަން ޕޯޓަލް މެދުވެރިކޮށް ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހެޅޭނީ ހަމައެކަނި ބީލަން ޕޯޓަލްއަށް ރަޖިސްޓަރީވާ ފަރާތްތަކަށެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައިނުގަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީންވަނީ ބުނެފައެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ މަދުވެގެން ތިން ދުވަސް ކުރިން ބީލަން ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރަންޖެހެއެވެ. މިނިސްޓްރީން ބުނީ ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި އަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑު ބީލަން ޕޯޓަލްއިން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ ގައިޑުގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ