'2 އޮފް އަސް' ޝޯގެ ޚަރަދުގެ ބޮޑުބައެއް ސްޕޮންސާކުރުމާއެކު، ޓިކެޓު އަގުހެޔޮކޮށްފި

މަޝްހޫރު ދިވެހި މިއުޒިކް ބޭންޑް، '2 އޮފް އަސް'އިން އޮލިމްޕަހުގައި ބާއްވާ ޝޯގެ ޚަރަދުގެ ބޮޑުބައެއް ސްޕޮންސާ ކުރުމުން، ޝޯގެ ޓިކެޓު އަގުހެޔޮކޮށްފިއެވެ. މި ބޭންޑުން ދާދި ފަހުން ވަނީ، މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދާފައެވެ. އެ ޝޯގެ ހޯސްޓު ކެޓަން ސިންގްއާއި ދެ ފަނޑިޔާރުންގެ އިތުރުން ބޭރުގެ ބައެއް ފަންނާނުންނާއެކު ރާއްޖޭގައި ޝޯ ބާއްވަން ހަމަޖެހިފައި ވަނީ، މިމަހުގެ 23ވަނަ ދުވަހުގެ ރޭ 8:00އިން ފެށިގެން 12:00އާ ހަމައަށެވެ. މި ޝޯގެ ޓިކެޓު ތިން ކެޓަގަރީއެއްގައި ވިއްކާއިރު، މިހާރު ޓިކެޓު ވިއްކާ އަގުތަކަކީ: ކެޓަގަރީ 1: ޕްލެޓިނަމް މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 1،000 ރުފިޔާއަށް ޕްރައިމް ސީޓިން ސުވެނިއާސް އަދި އެކްސްކްލޫސިވް ގިފްޓްސް ޝޯގައި ބައިވެރިވާ އިންޑިއާގެ ސެލެބްރިޓީސްއާއި ޓޫ އޮފް އަސްއާ ބައްދަލުވުމުގެ ފުރުސަތު އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ކޮންސާޓަށް ފަހު އޮންނަ އިންޑިއަން ޑިނާގައި ބައިވެރިވުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 10،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ކެޓަގަރީ 2: ގޯލްޑް މި ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 500 ރުފިޔާއަށް އެކްސަލެންޓް ސީޓިން ސުވެނިއާސް އަދި ގިފްޓްސް އިންޑިއަން ސްނެކްސް އަދި އިންޑިއާގެ ތަފާތު ބުއިންތައް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް ކެޓަގަރީ 3: ބްރޮންޒް ކެޓަގަރީގެ ޓިކެޓެއް ލިބޭނީ 250 ރުފިޔާއަށް ސުވެނިއާސް އަދި ގިފްޓްސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް އަދި އިތުރު ހަދިޔާތައް '2 އޮފް އަސް' ޝޯގެ ޚަރަދުގެ ބޮޑުބައެއް ސްޕޮންސާކުރުމާއެކު، ޓިކެޓު އަގުހެޔޮކޮށްފި އެ ބޭންޑުން ބާއްވާ ޝޯގެ ޓިކެޓު ވިއްކަނީ އެކަމަށް ޚާއްސަކޮށް ހަދާފައިވާ ވެބްސައިޓު މެދުވެރިކޮށެވެ. އެގޮތުން، އެ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ފަހުގައި ޓިކެޓު ގަނެވޭނެއެވެ. މިއީ ހަމައެކަނި މިއުޒިކް ޝޯއެއް ނޫނެވެ. މިއުޒިކްގެ އިތުރުން އިންޑިއާ އަދި ރާއްޖޭގެ ސަގާފަތް ވެސް ތަޖުރިބާ ކޮށްލުމަށް ލިބޭ އުފާވެރި އަދި ޚާއްސަ ފުރުސަތެކެވެ. ޓޫ އޮފް އަސްގެ ޝޯގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ތެރޭގައި: 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ހޯސްޓު ކެޓަން ސިންގް، މި ޝޯގައި ވެސް ހޯސްޓެއްގެ ގޮތުގައި ފެންނާނެ 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'ގެ ދެ ފަނޑިޔާރުން އަދި ބޮލީވުޑްގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ޝްރައްދާ ޕަންޑިތުއާއި ރާޖާ ހަސަން ބޮލީވުޑްގެ ފިލްމުތަކަށް ލަވަކިޔައިދީފައިވާ ޝުރުތީ ޕަތަކް އިންޑިއާގެ ފިއުޝަން ބޭންޑެއް ކަމަށްވާ 'ޝިވޮހަމް' އެ ޝޯގެ ސްޓޭޖް މަތިން ފެންނާނެ ދިވެހި ފަންނާނުންގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ބޮކިޓޮޒް' އަދި މަޝްހޫރު ބޮޑުބެރު ގްރޫޕް (ހަރުބީ)ގެ ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) ހިމެނެއެވެ. ޓޫ އޮފް އަސްގެ މި ތާރީޚީ ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. https://sun.mv/206065 ޖުމްލަ ފަސް މެންބަރުން ހިމެނޭ "ޓޫ އޮފް އަސް"އަކީ އަމިއްލަވަންތަ ގޮތްތަކެއް އެކުލެވޭ ގޮތަށް، ދިވެހިވަންތަ ހުށަހެޅުންތަކެއް ބޭރު ދުނިޔޭގެ ސްޓޭޖެއްގައި ދައްކައިދިން ބޭންޑެކެވެ. 'ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް 2025'އިން 'ޓޫ އޮފް އަސް'އަށް ދެވަނަ ރަނަރަޕްގެ ޝަރަފު ލިބުނުއިރު، އެ ކާމިޔާބީ އަކީ ދިވެހިރާއްޖޭގެ ލައިވް މިއުޒިކްގެ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ