މި މަޝްރޫއު ހިންގުމުގެ ބޭނުމަކީ ހއ. އާއި ހދ އަދި ށ. ގެ އިތުރުން ނ. ގެ ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމުވެ.
ގިނަ ބަޔަކު ހިދުމަތް ހޯދަމުން ގެންދާ ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީކޮށް ލޮޖިސްޓިކް ހަބެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.
އެމްޕީއެލް އާއި މިނިސްޓްރީން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ ޕޯޓުގައި މި މަޝްރޫއު ހިންގުމުގެ ބޭނުމަކީ ހއ. އާއި ހދ އަދި ށ. ގެ އިތުރުން ނ. ގެ ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމުވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ / އެމްޑީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޝްވާން އެވެ.މި މަސައްކަތުގެ ދަށުން ކުޅުދުއްފުށި ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއި ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ އެވެ. މީގެ އިތުރުން ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ތާޒާކަންމަތީ ބެހެއްޓޭނެ ވަސީލަތްތައް ގާއިމުކުރާނެ އެވެ.
އެމްޕީއެލް / އިކޮނޮމިކްގެ ބަޔާނުގައި ބުނެފައިވާ މިއީ ކުޅުދުއްފުށި ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ފަށައިގަތުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ޝެޑިއުލް ކޮށްގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.މި ބަޔާނުގައި ބުނެފައިވާ ގޮތުން ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ހަރަދު ކުޑަކޮށް ހެޔޮއަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި ރާއްޖޭގެ އިގުތިސާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުޅުދުއްފުށީ ވިޔަފާރި ބަނދަރު ތަރައްގީ ކުރަން އެމްޕީއެލްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ