މައިންބަފައިންނަށް ކަމެއް ޖެހުމުން އަޅާލައި އެހީތެރިވުމުގައި އިސްވާންޖެހޭނީ އަންހެންދަރިންތޯ؟ ފިރިހެންދަރިންތޯ؟
މިސުވާލުގެ ޖަވާބުގައި ބުނަން އޮތީ އިސްނަގައި އަވަސްވެގަންނަންވީ ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ރަޙްމަތަށް އެދޭ ދަރިންނެވެ. ވާދަކުރަންވީ ގިނަ ޘަވާބު ހޯދުމަށެވެ. އެކަމުގައި އަންހެން ފިރިހެން ތަފާތެއް ނެތެވެ.
މިޘާލަކަށް ބަލިޙާލުގައި އޮތް މަންމަ ބެލެހެއްޓޭނީ އަންހެން ދަރިންނަށް ކަމަށް ނިންމުމެއްވެސް ނެތެވެ. ފިރިހެން ދަރިންގެ އަނބިން ލައްވައިވެސް ބެލެހެއްޓޭނެއެވެ. އެފަދަ ޙާލަތުގައި އެންމެ ރަނގަޅު ގޮތަކީ އަންހެންދަރިން އިސްނެގުމެވެ. ސަބަބަކީ ދަރިފުޅަކީ ހެޔޮލަފާ ދަރިއަކުނަމަ މަންމަގެ މައްޗަށް އޮންނަ ލޯބި ޅީދަރިފުޅަށްވުރެ ބޮޑުވާނެތީއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މައިންބަފައިންނަށްހެޔޮކޮށް ހިތުމަކީ ހުރިހާ ކުދިންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަންހެން އަދި ފިރިހެން ކުދިން މިކަމުހައި ހަމަހަމަ ވެގެންވެއެވެ.
ﷲ ގެވަޙީ ބަސްފުޅުގައިވެއެވެ
(وَقَضَىرَبُّكَأَلَّاتَعْبُدُواإِلَّاإِيَّاهُوَبِالْوَالِدَيْنِإِحْسَانًاإِمَّايَبْلُغَنَّعِنْدَكَالْكِبَرَأَحَدُهُمَاأَوْكِلَاهُمَافَلَاتَقُلْلَهُمَاأُفٍّوَلَاتَنْهَرْهُمَاوَقُلْلَهُمَاقَوْلًاكَرِيمًاوَاخْفِضْلَهُمَاجَنَاحَالذُّلِّمِنَالرَّحْمَةِوَقُلْرَبِّارْحَمْهُمَاكَمَارَبَّيَانِيصَغِيرًا ) الإسراء/23، 24
މާނައަކީ: " ﷲ އަށް މެނުވީ އަޅުކަންނުކުރުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެވެރިރަސްކަލާނގެ ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުންކުރެ ކޮންމެމީހަކު ނުވަތަ އެދެމީހުންކުރެ އެކަކު ކަލޭގެ ގާތުގައިވާ ހާލުމުސްކުޅިކަމާހަމައަށް ފޯރައިފިނަމަ އެދެމީހުންނަށް "أف"ވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް އަޑު ހަރުކޮށް ބަސްބުނެ ނޫޅޭ ހުށިކަމެވެ. އަދިއެދެމީހުންނަށް މާތް ބަހުން ބަސްބުނާ ހުށިކަމެވެ. އަދި އޯގާވެރިވމުގެގޮތުން، އެދެމީހުންނަށްޓަކައި ނިކަމެތިކަމުގެ ފިޔަގަނޑު ތިރިކޮށްލާށެވެ. އަދި މިފަދައިން ބުނެ ދުޢާކުރާށެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުޑަކުއްޖެއްގެ ގޮތުގައި ވީހިދު އެދެމީހުން މިއަޅާ ބަލާބޮޑުކުރިފަދައިން އެދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ. "
އަދިވެސް އެހެންއާޔަތެއްގައި ވަޙީ ކުރެއްވިއެވެ.
( وَاعْبُدُوااللَّهَوَلَاتُشْرِكُوابِهِشَيْئًاوَبِالْوَالِدَيْنِإِحْسَانًا ) النساء/36މާނައީ: " ތިޔަބައިމީހުން މާތްﷲ އަށް އަޅުކަން ކުރާށެވެ. އަދި އެކަލާނގެއަށް ޝަރީކުނުކުރާށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާހުށިކަމެވެ." وروىالبخاري (527) ومسلم (85) عنعَبْدِاللَّهِبنمسعودرضياللهعنهقَالَسَأَلْتُالنَّبِيَّصَلَّىاللَّهُعَلَيْهِوَسَلَّمَ : ( أَيُّالْعَمَلِأَحَبُّإِلَىاللَّهِ؟قَالَ : الصَّلَاةُعَلَىوَقْتِهَا . قَالَ : ثُمَّأَيٌّ؟قَالَثُمَّبِرُّالْوَالِدَيْنِ . قَالَ : ثُمَّأَيٌّ؟قَالَالْجِهَادُفِيسَبِيلِاللَّهِ )
މާނައަކީ: ބުޚާރީ އާއިމުސްލިމުގައި ޢަބްދުﷲ ބިން މަސްޢޫދުގެ ފަރާތުން ރިވާކުރައްވާފައިވާޙަދީޘެއްގައިވެއެވެ. " ތިމަން ކަލޭފާނުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ އަރިހުން ސުވާލު ދެންނެވީމެވެ. (މާތްﷲ ގެ ހަޟްރަތުގައިއެންމެ ހެޔޮކަން ބޮޑު ޢަމަލަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ނަމާދުއޭގެ ވަގުތުގައި އަދާކުރުމެވެ. ދެން ކޮންކަމެއްތޯ ދެއްނުވުމުންޙަދީޘްކުރެއްވިއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. ދެންކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ﷲ ގެ މަގުގައިޖިހާދު ކުރާ ހުށިކަމެވެ.)" وروىالبخاري (5971) ومسلم (2548) عَنْأَبِيهُرَيْرَةَرَضِيَاللَّهُعَنْهُقَالَ : جَاءَرَجُلٌإِلَىرَسُولِاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَفَقَالَ : يَارَسُولَاللَّهِمَنْأَحَقُّالنَّاسِبِحُسْنِصَحَابَتِيقَالَأُمُّكَقَالَثُمَّمَنْقَالَثُمَّأُمُّكَقَالَثُمَّمَنْقَالَثُمَّأُمُّكَقَالَثُمَّمَنْقَالَثُمَّأَبُوكَ)
މާނައި: " ބުޚާރީއާއި މުސްލިމުގައިއަބޫހުރައިރާގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. (މީހަކުއައިސްކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި ސުވާލު ކުރެއްވެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނާ އެންމެ ހެޔޮކޮށްހިތުންޙައްޤުކަން ބޮޑީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ކަލާގެ މަންމައެވެ. ދެންކާކުތޯ ސުވާލުދެއްނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ މަންމައެވެ. ދެންކާކުތޯ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. ކަލޭގެ ބައްޕައެވެ." އިސްވެދިއަ އާޔަތްތަކުންނާއި ޙަދީޘްތަކުން ދޭހަވަނީ މައިންބަފައިންނަށް ހެޔޮކޮށްހިތުމަކީ ހުރިހާ ދަރިންގެ މައްޗަށް ލާޒިމު ކަމެއްކަމެވެ. މީގައި ފިރިހެންކުއްޖެއް، އަންހެން ކުއްޖެއް ތަފާތުވުމެއް ނެތްކަމެވެ. ދެން އޮތްމައްސަލައަކީ މައިން ބަފައިންނަށް ޒިޔާރަތްކުރުން ފިރިމީހާމަނާކޮށްފިކަމަށް ވަނީނަމަ އަންހެންމީހާ ކަންތައް ކުރަންޖެހޭނީކޮންގޮތަކަށްތޯ ކުރެއްވި ސުވާލެވެ. މިކަމުހައި ދަންނަބޭކަލުންގެ މެދުގައިކުޑަ ޚިލާފެއް އެބަހުއްޓެވެ. ޙަނަފީންނާއި މާލިކީން ދެކިލައްވާގޮތުގައިމައިންބަފައިންނަށް ޒިޔާރަތްކުރުމަށް މަނާ ކުރުމުގެ ބާރު ފިރިމީހާއަށްލިބިގެން ނުވެއެވެ. އަދި ފިރިމީހާ އެފަދަ އަމުރެއް ކޮށްފިނަމަ އެއަމުރަކަށްކިޔަމަންވާން ނުޖެހެއެވެ. އެހެންނަމަވެސް ޝާފިޢީންނާއި ޙަންބަލީންދެކިލައްވަނީ ފިރިމީހާއަށް އެފަދަ ބާރެއް ލިބިގެންވާ ކަމަށެވެ. އެހެންކަމުން މައިންބަފައިންނަށް ޒިޔާރަތް ކުރުމުގެ މަޤްޞަދުގައިވެސް ފިރިމީހާގެ އިޒުނައާއި ނުލައި ގެއިން ނިކުމެގެން ނުވާނެކަމަށެވެ. ފިރިމީހާއަށްމިފަދަ ބާރެއް އިސްލާމްދީނުގައި ދެއްވާފައިވީނަމަވެސް މި ބާރުގެ ބޭނުންނަހަމަ ގޮތުގައި ހިފައިގެން ނުވާނެއެވެ. އެހެނީ އަނބިމީހާގެ މައިންބަފައިންނަށް ޒިޔާރަތްކުރުމާއި އެމީހުންނާ ވާހަކަދައްކާ އުޅުންޢުޒުރަކާލައިގެން މެނުވީ މަނާކޮށްގެން ނުވާނެއެވެ. މާނައަކީ ފިރިމީހާ، އޭނަގެ އަނބިމީހާގެ މައިންބަފައިންނަށް ޒިޔާރަތްކުރުން މަނާކުރަންވާނީ އޭގެސަބަބުން ގެއްލުމެއް މެދުވެރިވެދާނެކަމެއް ޔަޤީންވެއްޖެ ޙާލަތުގައިއެކަންޏެވެ. އެހެންނޫންނަމަ އެގޮތަށް ކަންތައް ކޮށްގެން ނުވާނެއެވެ. މައިންބަފައިންނަށްޒިޔާރަތް ކުރުމާއި އެމީހުންނަށް ޚިދުމަތް ކޮށްދިނުމުގެ ނިޔަތް އޮވެ، ފިރިމީހާ ނުޤަބޫލުވުމުގެ ސަބަބުން އެކަން ޙާޞިލް ނުކުރެވިއްޖެނަމަ މާތް ﷲއޭނަގެ ނިޔަތަށް ޘަވާބު ދެއްވާނެއެވެ. ހެޔޮ ޢަމަލު ކުރަން ގަސްތުކޮށް،ޢުޒުރެއް މެދުވެރިވެގެން އެކަން ނުކުރެވިއްޖެކަމަށް ވަނީނަމަ އޭނާއަށްއެޢަމަލު ކުރި މީހެއްގެ ޘަވާބު ދެއްވާނެކަން ކީރިތި ރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. ފިރިމީހާގެމައްޗަށް ވާޖިބުވެގެންވަނީ އޭނަގެ އަންހެނުންނަށް އިޙްސާންތެރިވުމެވެ. އަދިއަނހެނުންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ވާގިވެރިވުމެވެ. އެކަނބަލުންނާއެކު ހެޔޮގޮތުގައި އުޅުމަށް މާތްﷲ ވަނީ އަމުރުކުރައްވާފައެވެ.
ވަޙީ ކުރައްވަނީ ( وَعَاشِرُوهُنَّبِالْمَعْرُوفِ) النساء/19
މާނައަކީ: " (އަޚްލާޤީ ހަމަތަކާއި، އާދަކާދަ އާއި، ޝަރުޢީހަމަތައް ނިޔާކުރާ ގޮތުގެމަތިން) ހެޔޮގޮތުގައި އެކަނބަލުންނާއެކުއުޅޭށެއެވެ."އަނބިމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ފިރިމީހާ އަށް ކިޔަމަން ގަތުމެވެ. ކައިވެނި ކުރުމަށްފަހު ކިޔަމަން ގަތުމުގައި އިސްކުރަން ޖެހޭނީ ފިރިމީހާ އެވެ. واللهأعلم-
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ ތިރީގައިވާ ސުވާލުގެ ޖަވާބުގައެވެ.
އަޅުގަނޑަކީ ހަލާލް ކައިވެންޏެއް ކޮށްގެން އުޅޭ މީހަކީމުއެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވި ކުޑަ މައްސަލައެއްގައި އަނބިމާހާގެ މަންމަ އަޅުގަނޑާއި ދިމާލަށް ވަރަށް ހުތުރުބަހުން އެއްޗެހިގޮވާ މަލާމަތް ކުރަނީއެވެ. އަދި އަޅުގަނޑުގެ ހަލާލު އަނބިމީހާ ވަރިކުރަން އަޅުގަނޑަށް މަޖުބޫރު ކުރުވަނީއެވެ. އަދި އެކި ގޮތްގޮތުން ދޭތެރެޖައްސާ އަޅުގަނޑާއި އަނބިމާހާ އާއި ބައްދަލުވިޔަ ނުދޭން މަސައްކަތް ކުރަނީއެވެ. އަދި ފިރިމީހާގެ ހުއްދައަކާއި ނުލާ އެހެން ހިލޭ ފިރިހެނުންގެ ގާތަށް އަނބިމީހާ ފޮނުވަނީއެވެ. އަދި އަނބިމާހާ އަޅުގަނޑާއި ބައްދަލު ނުކުރާށާއި، ހަލާލް އަންބެއްގެ ފަރާތުން ފިރިއަކަށް ދޭންޖެހޭ އެއްވެސް ކަމެއް ނުކޮށްދިނުމަށް އަމުރުކޮށް މަޖުބޫރު ކުރަނީއެވެ. މިގޮތަށް މަޖުބޫރު ކުރުވައިގެން އަނބިމީހާވެސް އެމީހުންގއ ބަހަށް ހެއްލި އެގޮތަށް މަސައްކަތް ކުރަނީއެވެ. އަޅުގަނޑުގެ ސުވާލަކީ މިފަދަ މާތް މަޤުސަދަކަށްޓަކައި ގުޅިފައިވާ ދެމީހުންގެ ތެރެއަށް މައިދައިތަ ވަދެ ފިރިމީހާގެ ހައްގުތަކާއި ވާޖިބުތައް އަދާނުކުރުމަށް ބާރުއެޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ އަދި ދީނީގޮތުން މިކަމުގައި އަނބިމީހާ ތަބާންޖެހޭނީ ފިރިމީހާއަށްތޯއެވެ؟ ނުވަތަ މައިދާއިތައަށްތޯއެވެ؟
މިސުވާލުގައި މައިދައިތަ ކުރާ ކަމަށް ބަޔާންކޮށްފައި އެވަނީ ﷲ ތަޢަލާއަށް އީމާންވެގެން ހުރި މައަކު ކުރުން ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. ދަރިން ހިލޭ މީހުންނާއި ޖާމިނުކުރުވުމަކީ ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ. ހަމައެފަދައިން މައަކު ބުނި ނަމަވެސް އެފަދަ ކަމެއް ކުރުމަކީ ދަރިންނަށް ޙަރާމްވެގެންވާ ކަމެއްކަމަށްވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމުގަ އިސްވާންޖެހޭނީ އަންހެންދަރިންތޯ؟ ފިރިހެން ދަރިންތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ