'މެޓްރޯ އިން ދިނޯ'އާ އެކު އިރުފާނާއި ކޭކޭގެ ހަނދާންތައް

މި އަންނަ މަހުގެ ހަތަރުވަނަ ދުވަހު ސިނަމާތަކަށް ގެންނަ ފިލްމު "މެޓްރޯ އިން ދިނޯ"އަކީ ދުނިޔެ ދޫކޮށްފައިވާ ލަވަކިޔުންތެރިޔާ ކޭކޭ އަދި އެކްޓަރު އިރުފާން ޚާނަށް ދިން ޚާއްސަ ޓްރިބިއުޓެއް ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު އަނޫރާގު ބާސޫ ބުނެފިއެވެ. މީގެ ހަތް އަހަރު ކުރިން ރިލީޒްކުރި އަނޫރާގު ބާސޫގެ ފިލްމު "ލައިފް އިން އަ މެޓްރޯ"އަކީ އެކްޓަރު އިރުފާން ޚާން މުހިންމު ރޯލެއް ކުޅެ ފިލްމުގެ ގިނަ ލަވަތަކެއް ކޭކޭގެ އަޑުން ގެނެސްދިން ފިލްމެކެވެ. ފިލްމު "މެޓްރޯ އިން ދިނޯ"ގެ ޓްރެއިލާއާ އެކު ގިނަ ބަޔަކަށް ކޭކޭގެ ހަނދާން އާވި ކަމަށާއި ފިލްމުން ކޭކޭގެ އަޑު މި ފަހަރު ނީވި އެކްޓަރު އިރުފާން ޚާން ނުފެނުމަކީ މި ފިލްމަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފުލާގައި ވާހަކަދައްކަމުން ޑައިރެކްޓަރު އަނޫރާގު ބާސޫ ބުނެފައިވަނީ ގާތްގަނޑަކަށް އޭނާގެ ހުރިހާ ފިލްމަކަށް ވެސް ކޭކޭ ވަނީ ލަވަ ރެކޯޑުކޮށްފައި ކަމަށެވެ. އެހެންކަމުން "މެޓްރޯ އިން ދިނޯ"ގެ މިއުޒިކް، މިއުޒީޝަން/ލަވަކިޔުންތެރިޔާ ޕްރިތަމް އުފެއްދިއިރު ކޭކޭގެ ހަނދާންތައް ވަރަށް ބޮޑަށް ކުރުވި ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ. ކުރީގެ އެކްޓަރު އިރުފާން ޚާން، ލަވަކިޔުންތެރިޔާ ކޭކޭ އަދި ފިލްމު "މެޓްރޯ އިން ދިނޯ"ގެ ކާސްޓުން ޑައިރެކްޓަރު އަނޫރާގު ބާސޫއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި 2018 ވަނަ އަހަރުގެ ފިލްމުގެ ކާސްޓުގައި ހިމެނުނު ތަރިންގެ ތެރެއިން ހަމައެކަނި ފެންނާނީ ބަތަލާ ކޮންކަނާ ސެންއެވެ. ފިލްމުގެ ޝޫޓިންގް ކުރިއަށްދިޔައިރު އެކްޓަރު އިރުފާނުގެ މަތިން ވަރަށް ބޮޑަށް ހަނދާންވި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމު "މެޓްރޯ އިން ދިނޯ"ގެ ކާސްޓުންގެތެރޭ އަދިތިޔަ ރޯއި ކަޕޫރު، އަލީ ފަޒަލް، ޕަންކަޖު ތުރިޕާތީ، އަނޫޕަމް ހޭރު، ނީނާ ގުޕްތާ، ސާރާ އަލީ ޚާން އަދި ފާތިމާ ސަނާ ޝައިހް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ