އަމާންކަމާއި ސުލްހަމަސަލަސް ކަށަވަރުކުރުމަށް ރައީސްގެ މަސައްކަތް ފެނި އުފާވޭ: އަހުމަދު

އަމާންކަމާއި ސުލްހަ މަސަލަސް ކަށަވަރުކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރައްވާ މަސައްކަތުގެ ސަބަބުން އުފާވެރިކަން ލިބޭކަމަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ސަރުކާރަށް ތައުރީފުކުރައްވާ ކުރެއްވި ޓުވީޓެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ ކޮންމެ ގައުމެއްވެސް ތަރައްގީވެ ކުރިއަރައި ދިއުމަށް ގައުމުގައި އަމާންކަމާއި، ސުލްހަ މަސަލަސްކަން އޮތުން މުހިންމުކަމަށެވެ. އޭނާގެ ޓުވީޓުގައި ވަނީ ރައީސް ސާލިހުގެ ސަރުކާރުން މިކަންތައްތައް ކަށަވަރުކޮށްދެއްވުމަށް ،މަސައްކަތްކުރައްވާކަމަށާއި، އަދި އެކަމުގެ ސަބަބުން އުފާވެރިކަން ލިބޭކަމަށެވެ.
Konme gaumehves tharaggeeve kuriarai dhiumah gaumugai amaankamaa sulha masalaskan othun muhinmu. RJ @ibusolih ge sarukaarun mikan kashavaru kohdhevvumah kuravvaa masakkathuge sababun ufaaverikan libey.
— Ahmed Abdulla (@ahmedabdulla2a) September 30, 2022
ރައީސް ސާލިހާއި އަރިސް މެންބަރު އަހުމަދު އަބްދުﷲ މީގެ ކުރީގައިވެސް ވަނީ ރައީސް ސާލިހަށް ތައުރީފު ކުރައްވާ ޓުވީޓު ކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގާތްވެ، އިންތިހާބާއި ގުޅުވައި ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ދަނޑިވަޅެއްގައި އަހުމަދު އަބްދުﷲ ވިދާޅުވީ ސިޔާސީ ހަލަބޮލިކަމާއި، ޒާތީ ހަސަދައިގެ ތެރޭގައި ބަދަލު ހިފުމެއް ނެތި ކެތްތެރިކަމާއިއެކު ރައީސް ސާލިހަށް ކުރިއަށް ވަޑައިގެންނެވި ކަމުގައިވީ ނަމަވެސް އެ ކެތްތެރިކަން ހުރި އެހެން ސިޔާސީ ލީޑަރެއް ނުފެންނަކަމަށެވެ. އެހެންކަމުން 2023 އަށް އެންމެ ރަނގަޅު ޗޮއިސްއަކީ ރައީސް ސާލިހުކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ