ކުރީގެ މަޖިލިސް މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ކަމަށް ހީކޮށް އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން އިންޑިއާގައި ހިފަހައްޓައިފި އެވެ.
Advertisement
ކުރީގެ މަޖިލިސް މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ކަމަށް ހީކޮށް އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން އިންޑިއާގައި ހިފަހައްޓައިފި އެވެ.
ސީއެންއެމްއަށް މިއަދު މައުލޫމާތު ދެއްވަމުން ނިހާންގެ ކޮއްކޮ އަނިލް ވިދާޅުވީ އޭނާގެ ބޭބެ ނިހާން އިންޑިއާ އަށް ދިޔައީ މިދިޔަ މަހުގެ ތިންވަނަ ދުވަހު ކަމަށާއި އިންޑިއާ އަށް އެތެރެވީ ދުވަހު ހިފަހައްޓާފައި ނުވާ ކަމަށެވެ. އިންޑިއާގެ އެއާޕޯޓުން އިމިގްރޭޝަން އޮފިސަރުން ނިހާން ހިފެހެއްޓީ އިއްޔެ މާލެ އައުމަށް އެއާޕޯޓުން ޗެކިން ވަނިކޮށް ކަމަށްވެސް ވިދާޅުވި އެވެ.
"މާގިނައިރަކު ހިފަހައްޓާފައި ނުބަހައްޓާ. އެމީހުން ބަލަންޖެހޭ ކަންތައްތަކެއް ބަލާފައި ސުވާލުކޮށްފައި އިރުކޮޅަކުން ދޫކޮށްލައިފި،" އޭނާ ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ގާޒީ ނިހާން ހިފެހެއްޓުމަށްފަހު މެންބަރު ނިހާންގެ ފޮޓޯތަކެއް ދެއްކުމަށްފަހު އިންޑިއާ އަށް ވަޑައިގަތުން މަނާކޮށްފައިވާ ކަން އަންގާފައިވާ ކަމަށެވެ. އެހިސާބުން ވެގެން އުޅޭގޮތް ގާޒީ ނިހާނަށް ސާފުވެވަޑައިގެން، އޭނާގެ މެޖިސްޓްރޭޓް ކާޑު ދައްކާ، އޭނާއާ ގުޅޭ މައުލޫމާތުތައް އޮޅުންފިލުއްވައިދެއްވުމުން ގާޒީ ނިހާން ދޫކޮށްލި ކަމަށްވެސް ވިދާޅުވި އެވެ. އަދި ކުޑަވަގުތުކޮޅަކަށް ނިހާން ހިފަހައްޓައި ސުވާލުކުރަންޖެހުނީތީ މަޢާފަށް އެދުނު ކަމަށްވެސް އަނިލް ވަނީ ވިދާޅުވެފަ އެވެ.
މެންބަރު ނިހާން އިންޑިއާ އަށް ވަޑައިގަތުން މަނާކޮށްފައިވާ ކަން އޭނާ އަށް އެނގިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހު ސައިނަސް އަށް ފަރުވާ ހޯއްދެވުމަށް އިންޑިއާގެ ޗެންނާއީ އަށް ވަޑައިގަތުމުން އެ ގައުމަށް އެތެރެވިޔަ ނުދީ އޭނާ އަނބުރާ ރާއްޖެ ފޮނުވާލުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލާގައި ދައުލަތުން ކުރި ދައުވާ ސާބިތުވެ ގާޒީ ނިހާން 17 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުން ކުރި މި ހުކުމް ހައި ކޯޓުން ފަހުން ބާތިލްކުރުމާ ގުޅިގެން އޭނާ ވަނީ މިނިވަންވެފަ އެވެ. އަދި ގާޒީ މިހާރު ގެންދަވަނީ މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ކަމުގެ ވަޒީފާއަށް ނިކުންނަވަމުންނެވެ.
މެންބަރު ނިހާން ކަމަށް އިންޑިއާގައި ގާޒީ ނިހާން ހިފަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ