އަބްދުﷲ ރަޝީދުގެ އާއިލާއާއި އައިޝާ ބައްދަލުކުރައްވައިފި

2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށް، ޖަލަށްލައި އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ނިޔާވި އަބްދުﷲ ރަޝީދުގެ އާއިލާއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ.
އަބްދުﷲ ރަޝީދުގެ އެއާއިލާއާ އައިޝާ ބައްދަލުކުރެއްވީ މިއަދު ހަވީރު އާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެންނެވެ.
މި ބައްދަލުކުރެއްވުމުގައި ޖޭޕީގެ ރައީސް އަލީ ވަހީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވެސް ވަޑައިގަތެވެ.
ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު ނިޔާވީ މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ