އަބްދުﷲ ރަޝީދުގެ އާއިލާއާ ގާސިމްގެ އަނބިކަނބަލުން ބައްދަލުކުރައްވައިފި

އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ނިޔާވި އަބްދުﷲ ރަޝީދުގެ އާއިލާއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބައްދަލުކުރައްވައިފި އެވެ.
އަބްދުﷲ ރަޝީދުގެ އާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެން އެއާއިލާއާ އައިޝާ ވަނީ އިއްޔެ ހަވީރު ބައްދަލުކުރައްވާފައެވެ. އައިޝާއާއެކު އެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ބައިވެރިވެވަޑައިގަތެވެ.
އައިޝަތު ނަހުލާ ވަނީ އަބްދުﷲ ރަޝީދުގެ އަނބިކަނބަލުންނާ ބައްދަލުކުރައްވައި އާއިލާގެ ހާލުއަހުވާލު ބައްލަވާފައެވެ.
ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބި ގ.ކީމަ، އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ މިދިޔަ އަހަރުގެ މިދުވަހުގައެވެ. އޭނާއަށް އިންސާފު ނުލިބޭތީ އެކަމާ އާއިލާއިން ކަންބޮޑުވުން ވަނީ އެ ބައްދަލުވުމުގައި ފާޅުކޮށްފައެވެ.
އަބްދުﷲ ރަޝީދު ނިޔާވީ 2015 ވަނަ އަހަރުގެ މޭޑޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށް، ދައުވާ އުފުލައި ހުކުމްކުރުމުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ