ފުލެޓްތައް ލިބުނު މީހުންނަށް ފައިސާ ހޯދާކަށް ނުގުޅާނެ: ހައުސިން

ހުޅުމަލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދަން ނުގުޅާނެ ކަމަށް އެމިނިސްޓްރީން މިއަދު ބުނެފިއެވެ.
މިއަދު ނެރުނު ނޫސްބަޔާނެއްގައި ހައުސިން މިނިސްޓްރީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ލިބުނު މީހުންގެ އަތުން ފައިސާ ހޯދަން އެމިނިސްޓްރީއިން ނުގުޅާނެ ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ފޯން ކޯލް، މެސެޖް އަދި އީމެއިލްގެ ޒަރިއްޔާއިން ފައިސާ ހޯދަން މަސައްކަތް ކުރަމުން ދާކަމަށާއި، އެފަދަ ކަންކަމާމެދު ސަމާލު ވުމަށް އެމިނިސްޓްރީން އިލްތިމާޒް ކުރިއެވެ.
އޭގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ފެލްޓް ލިބުނު މީހުންނަށް ހައުސިން މިނިސްޓްރީން ފައިސާގެ މުއާމަލާތެއް ކުރާނީ މިނިސްޓްރީން ފިނުވާ ރަސްމީ ލިއުމުގެ ޒަރިޔާއިން ކަމަށެވެ. އަދި ފައިސާގެ އެއްވެސް މުއާމަލާތެއް ފެލްޓްތައް ހަވާލުކުރި މީހުންނާއި މިނިސްޓްރީ އާއި މެދު ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ކަމަށް އެމިނިސްޓްރީން ބުނިއެވެ.
މިދިޔަ މަހު ހިޔާ މަޝްރޫއަށް ފޯމް ބަލައިގަތުން ހުއްޓާލިއިރު އެތައް ސަތޭކަ ވަޔަކު ވަނީ ފްލެޓަށް ފޯމް ހުށަހަޅާފައެވެ. އަދި މިދިޔަ ހަފްތާގައި އެމިނިސްޓްރީން ވަނީ އެ އެފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް، އިއުލާން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ