ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

53 ވަނަ ބަޔާ ގުޅޭ 
"ލީން..
ނުބުނެވުނީ.. ބިކޯޒް.. ބިކޯޒް ނަދާލް އެންޑް އައި.. ވީ.. ވީ ފްރޭމްޑް ހިމް"
މައިރާއަށް އިސްޖަހައިލަމުން ބުނެވުނެވެ. 
"ކީކޭ
ތި ބުނީ؟" ނަދާލް
އެއްފަހަރު ހުސްނީއަށް އަނެއްފަހަރު މޭޒުމަތީގައި ހުޅުވާލެވިފައިހުރި ލެޕްޓޮޕަށް
ބަލައިލަމުން އަހައިލި އެވެ. އެ ވިއްސާރަ ރޭގައި އޭނާ ހުޅުމާލެއަށް އެ އައީ ހުސްނީ
ގުޅާފައި މައިޝާންގެ މައްސަލައާގުޅޭ މުހިއްމު އަދާހަމައެއް ލިބިއްޖެ ކަމުގައި
ބުނުމުންނެވެ. އެހެނަސް ހަލާކުވެގެންގޮސް ޑިސްޕްލޭވެސް ކީޕެޑުން ނެއްޓެން
ކައިރިވެފައިވާ އެ ލެޕްޓޮޕުން ހުސްނީ އޭނާއަށް ދައްކަން މި އުޅެނީ ކޯއްޗެއްބާ އެވެ؟
"ނަދާލް
ބުނީމަ އަހަރެން މި ކަންތައްގަނޑު ތަންކޮޅެއް ރަނގަޅަށް ބަލަން ފެށީ.. މިއަދު
މައިޝާންގެ ވަކީލާވެސް ވާހަކަ ދައްކައިފިން. މި މުޅި ނެޓްވޯރކަކީ އަސްލު
ޑާރކްވެބްގެ ތެރެއިން އެމީހުން ވަރަށް ސްމާރޓްކޮށް ކުރާ ކަމެއް.. މައިޝާންއަކީ
ހަމައެކަނި މި މީހުންގެ ފިޒިކަލް ސޭފް. ބްރޯ.. ދައްކާލަބަ" 
ހުސްނީ
ވާހަކައިގެ މެދުތެރެއިން އެމީހުންނާ ތަންކޮޅެއް ދުރުގައި އިށީނދެލައިގެން އިން
އޮފީހުގެ އައި.ޓީ އެސިސްޓަންޓަށް ގޮވައިލުމާއެކު އެމީހާ ލެޕްޓޮޕާ ކައިރިއަށް
ޖެހިލި އެވެ. ވަކި ބްރައުޒަރ އަކަށްވަދެ ސާރޗްބަރގައި އެންކްރިޕްޓް ކުރެވިފައިވާ
ކޯޑެއް ޖަހައިލުމާއެކު ހުޅުވިގެންދިޔައީ ހިޔަޅެއްގެ ސޫރައެއް ސިފަވާހެން އެކި
ކުލައިގެ ރޮނގުތަކުން ކުރަހާފައިވާ ފޮޓޮއެކެވެ.
"މިއީ
އެ ނެޓްވޯރކަކީ" ހުސްނީ އެ ފޮޓޯގެ ވަކި ދިމާލަކަށް ދެތިން ފަހަރު
ފިއްތައިލުމާއެކު އެމީހުންނަށް ވަދެވިގެން ދިޔައީ މުޅިން އާ ދުނިޔެއަކަށެވެ.
މަސްތުވާތަކެތި ތައްޔާރު ކުރުމާއި، ވިއްކުމާއި، މީހުން މެރުމާއި، އަނިޔާ ދިނުންފަދަ
ބޮޑެތި ކުށްތައް ފައިސާގެ އުސޫލުން ކުރަމުންދާ ވިއުގަ އަކަށެވެ. 
"ދިއޯ
މީއޯ.." ނަދާލްގެ ދެލޯ މުދުނަށް އެރި އެވެ. 
"އައި
ނޯ ރައިޓް؟
މީތި އަސްލު މި ވޯރކް ކުރާ ގޮތަކީ މިތަނުން ބޭނުން
ހިދުމަތެއް.. ސްޓަފްސްވިޔަސް.. ބޭނުންވާ އެމައުންޓާއެކު ޑެލިވަރީ ޑީޓެއިލްސް
ޖަހާފަ އޯޑަރު ދިނީމަ އޮޓޮމެޓިކަލީ ޖެނެރޭޓްވާ ކޯޑު އަންނާނެ ފޯނަށް. މި ބުނާ ކޯޑު
އަންނަނީ ރާއްޖޭގެ ނޫނީ ބޭރުގެވެސް މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭ އެއްވެސް
ނެޓްވޯރކެއްގަ ނުޖެހި. އޭރުން ޓްރާންސެކްޝަން ޓްރޭސް ކުރެވޭނެ ގޮތެއް ނޯންނާނެ.
ދެން ޑެލިވަރީ ހިފައިގެން އަންނަ މީހަކަށް ކޯޑު ދައްކާލީމަ އެމީހަކަށް އެ ކޯޑު
އެންޓަރ ކޮށްފަ ޓްރާންސެކްޝަން ނިމުނު ކަމަށް މާރކް ކުރެވޭނީ.. ބޭސިކަލީ.. އޭޒް
ސިމްޕަލް އޭޒް އޯރޑަރިންގް އަ ޕިއްޒާ" އޮފީހުގެ އައި.ޓީ މުވައްޒަފު
ކިޔައިދިނެވެ. 
"މާނައަކީ
މައިޝާން އަތުގަ އެއްޗެހި ބެހެއްޓިޔަސް.. އޭނައަކަށް ނޫނޭ ޕޭމެންޓް އަންނާނީކީ.
ކީކޭ ބުނާނީ.. ހަނދާންވޭތަ އެއްކަލަ އިރު އަހަރުމެން ބޭންކަށް ޓްރޭސް ނުވާނެހެން
ރެޑޮޓް މެދުވެރިކޮށް ކްރިޕްޓޯއިން ރޫމީއަށް ޕޭމެންޓެއް ހެދީމެއްނު؟" ހުސްނީ
އަހައިލި އެވެ. 
"ޔެސް..
ޕްލީޒް ޑޯންޓް ރިމައިންޑް މީ" ނަދާލް ފުން ނޭވާއެއް ދޫކޮށްލި އެވެ. އެއީ އޭނާ
ދުވަހަކުވެސް ހަނދާން ކުރަން ބޭނުން ނުވާ ކުށެކެވެ. 
"ބުނަން
މި އުޅެނީ އިފް ނޮޓް ކޭޝް.. އެކަހަލަ ގޮތަކަށޭ މީގެ ޕޭމެންޓްތައްވެސް މި ހުންނަނީ.
އެހެންވީމަ މައިޝާންއަކީވެސް ގޮތަކަށް ބުނަންޏާ މިތާނގަ ވިކްޓިމްއެކޭ. ވަރަށް ހީވޭ
މައިޝާންއަށް ކުރު މުއްދަތެއްގަ ސަލާމަތް ވެވޭނެހެން" ހުސްނީ އިތުރުކޮށްލި
އެވެ. 
"އަހަރެންނަށް
އޭރުވެސް އެނގުނު މައިޝާންގެ އެ މޮޔަ ސިކުނޑިއަށް ވާނީ އެވަރުކަން.. އަ ފްރީކިންގް
ބިލިއަން ޑޮލަރ ނެޓްވޯރކް އެންޑް ދެޓް ލޫޒަރ ބިކޭމް އަ މޭޖޯރ ރިސްކް ބިއަރަރ ވިތް
ދަ ލީސްޓް ރިވަރޑްސް" ނަދާލް ލެޕްޓޮޕްގެ ސްކްރީނަށް ދެލޯ ތަތްކޮށްލައިގެން
އިނދެ ޝައުގުވެރިކަމާއެކު އެ ވިއުގަ އެއްކޮށް ހާވައި ބަލަން ފެށި އެވެ. "އެކަމަކުވެސް
ވަރިހަމަ. މި މައްސަލައިގަ މުއްދަތު ކުރުވިޔަސް ލީންގެ މައްސަލަވެސް
އޮންނާނެއެއްނު. ހުސްނީ.. އަހަރެން ބުނި ކަންތައް ޔަގީން ކުރާތި! މައިޝާންއަށް
މަދުވެގެން 25 އަހަރުގެ ހުކުމެއް އަންނަން ޖެހޭނެ. ހީ ވިލް ޕޭ ހެވިލީ ފޯރ ވަޓް ހީ
ޑިޑް ޓު މައި ފިއާންސޭ! 
"މަޑުކޮށްބަލަ..
ފިއާންސޭ؟ ކޮން އިރަކުން ސައި ލިބެނީ؟" ހުސްނީ
ދިމާކުރުމުގެ ރާގެއްގައި އަހައިލި އެވެ. ކުރިން ސީރިއަސްކަން ވެރިވެފައި އޮތް
މާހައުލަށް ދިރުމެއް ލިބިގެންދިޔަ އެވެ. 
"އަހަހަ.
ދެން މާ ގިނަ ދުވަހެއް ނުވާނެ އިންޝާﷲ. އިތުރު ކަމެއް ނެތިއްޔާ ދެން ދާން އުޅެމާ..
ވަރަށް ވިއްސާރައެއްނު؟ އަހަރެން ޑްރޮޕެއް ދޭނަން"
ނަދާލް ކޮޅަށް ތެދުވެ ހިންދެމިލި އެވެ. 
"އޯކޭ
ހިނގާ.. ބްރޯ.. ހަނދާންކޮށް ލެޕް ޑިސްކާރޑް ކޮށްލައްޗޭ އެނގޭ" ހުސްނީ
ނަދާލްގެ ފަހަތުން ހިނގައިގަންނަމުން އެތަނުގައި އިން އައި.ޓީ މުވައްޒަފަށް ބުނެލި
އެވެ. 
ދެމީހުން
އެކުގައި ގޮސް ކާރަށް އެރިއިރުވެސް ބޯކޮށް ވާރޭ ވެހެމުންދިޔަ އެވެ. ލައިގެންހުރި
ވާރޭ ކޯޓާއެކުވެސް ހިސާބަކަށް ތެމިފައިވާ އިސްތަށިގަނޑުން ފެން ފޮޅައިލަމުން
ނަދާލް ނިވިފައި އޮތް ފޯނު ޗާރޖަށް ޖަހައިލި އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި
ހުންނަ ހުސްނީމެންގެ ގެއާ ދިމާލަށް ކާރު ދުއްވައިލިއިރު އޭނާއަށް އިރުއިރުކޮޅާ
ފޯނާ ދިމާލަށް ނަޒަރެއް ދެވެއެވެ. އޭރު ގަޑިތަކުން ރޭގަނޑު އަށްގަޑި ބައި
ފަހަނައަޅާފައި ވާއިރު، ހުސްނީ ގެއަށް ލާފައި އޭނާއަށް މި ވާރޭގައި ގެއާ ހަމައަށް
ދެވޭއިރު ނުވަގަޑި ބައިވާން ކައިރިވާނެ އެވެ.
"މިރޭ
މިއީ އަދި ސެލެބްރޭޓް ކުރަން ކިޔައިގެން އުޅޭ ރޭ.. މިހާ ލަސްވީމަ އައި ޝުޑް
އެޕޮލޮޖައިޒް ޓު ހަރ ދޯ" ފޯނު ހުޅުވުމާއެކު އޭނާ އަވަސްވެގަތީ އައިލީންއަށް
މެސެޖެއް ކޮށްލުމަށެވެ. އިޒްކާއާ ގުޅިގެން އުޅުނުއިރު ދުވާލުގެ ހަތަރުދަން
އެކުއްޖާއަށް ހަބަރެއްނުވެ ވެއަތުކޮށްލަން ފަސްނުޖެހުނު ނަދާލްއަށް، އައިލީންއާ
ދުރުގައި ހޭދަކުރެވޭ ދެތިން ގަޑިއިރުވެސް ވާނުވާ އަންގާނުލައި ހުރުމަކީ ވާކަމެއް
ނޫނެވެ.  
"އައިމް
ސޯ ސޮރީ! ލީން.. ލީން ހަމަ ހުވާކޮށްފަ މި ބުނީ އަހަރެންނަށް އޭރު އެއްވެސް
ވަރަކަށް ނޭނގުނީ.. ހިތަށް އަރާ އެންމެ ފަހަރަކު ނަމަވެސް ލީންގާތު ދާނުގެ ވާހަކަ
އަހާލެވުނު ނަމައޭ.. އައިމް ސޯ- އައިމް ނީދަރ އާސްކިންގް ޔޫ ޓު އަންޑަރސްޓޭންޑް
އަސް.. ނޯރ ޑޫ އައި އެކްސްޕެކްޓް އިޓް. އައިމް ޖަސްޓް.. ރިއަލީ ސޮރީ!"
މައިރާއަށް ވާހަކަ ނިންމައިލިއިރު އިނދެވުނީ ކުށްވެރިއަކު ފަދައިން އިސް
ޖަހައިގެނެވެ. ދެކެވިގެންދިޔަ ވާހަކަތަކަށްފަހު މާހައުލުގައި އުފެދިދާނެކަމަށް
ހީކުރެވުނު ހަލަބޮލިކަން އުފެދިގަތީ މައިރާގެ ހިތުގައާއި އައިލީންގެ ސިކުނޑީގަ
އެވެ. އަދި އެ ހަލަބޮލިކަމަށް ޖާގަ ދެމުން މާހައުލު ހިމޭންވެލީ އެވެ. 
"ލީން؟" މައިރާއަށް
ގޮވައިލެވުނީ އައިލީންގެ އަމަލުތަކުން އޭނާ އުއްމީދު ކުރިފަދަ ބޮޑު ބަދަލެއް ނުފެނުމުންނެވެ.
އެވަގުތު އައިލީންގެ ކޯތާފަތް މަތިން ފިރުކިލާފައި ވެއްޓުނު ކަރުނަތިއްކެއް
މައިރާގެ އަތްތިލައިގައި ޖެހުނެވެ. އިސާހިތަކު އައިލީން ހަމަ ކުއްލިއަކަށް
މައިރާގެ އަތުން ދޫކޮށްލުމަށްފަހު ކޮޓަރިއަށް ވަނެވެ. 
އައިލީންގެ
ކުއްލި ހަރަކާތުން ހިސާބަކަށް ސިހިގެންދިޔަ މައިރާއަށް އައިލީންގެ ފަހަތުން
ހިނގައިގަނެވުނީ އިރުގަނޑެއް ފަހުންނެވެ. އޭނާ ދުވެފައިގޮސް ކޮޓަރީގެ ދޮރު
ހުޅުވައިލުމާއެކު ފެނުނު މަންޒަރުން ދެލޯ ބޮޑު ކޮށްލެވުނެވެ. ކޮޓަރީގެ މެދުގައިވާ
ކިންގް ސައިޒްގެ ބޮޑު އެނދުގެ މަތީގައި އައިލީންގެ ފޮށި ހުޅުވާލެވިފައި ހުރިއިރު، އައިލީން
ދިޔައީ ކޮންމެވެސް މީހަކަށް ފޯނު ކުރަމުންނެވެ. 
"ހެ.
ހެލޯ.. އަހަރެން.. އަހަރެން ބަލާ އާދެވިދާނެތަ؟ ޕް.. ޕްލީޒް؟ މިގެއަށް..
ފްލޮރެންސް. ޔެސް ތޭންކްޔޫ" އައިލީން ވާހަކަދެއްކީ ކާކާކަން ނޭނގުނު ނަމަވެސް
އައިލީންގެ މަގުސަދު ޔަގީންވުމާއެކު މައިރާއަށް އައިލީންއާ ދިމާލަށް ފިޔަވަޅުތައް
އަވަސް ކޮށްލެވުނެވެ.
"ލީން ނޯ!" މައިރާއަށް ބުނެވުނެވެ. އައިލީންއަށް
އެ އަޑު ނީވޭ ކަހަލަ އެވެ. އަތްމަތި އަވަސްކޮށްލާފައި ހުރީ އަލަމާރިން ނެގި
ހެދުންތައް ފޮށްޓަށް އެޅުމަށެވެ. 
"ލީން
ޕްލީޒް ޑޯންޓް.." މައިރާ ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އައިލީންއާ
ދިމާލަށް އަތް ދިއްކޮށްލި އެވެ.
 އައިލީން
ހުށިޔާރުކަމާއެކު މައިރާއާ ދުރަށް ޖެހިލި އެވެ. އޭނާގެ މަސައްކަތް ކުރިއަށް
ގެންދިޔައީ އިސް އުފުލާލައި މައިރާއާ ދިމާލަށް ބަލައިވެސް ލުމެއްނެތި އެވެ.
ދޭތެރެއަކުން ނޭފަތް ދަމައިލާ ދެލޯ ފޮހެލާނެ އެވެ.
"ލީން..
ނެޑްއާ ދޭތެރޭ ވިސްނާލަބަ" މައިރާގެ އަޑުގައިވަނީ އާދޭހެވެ. "ނެޑް
ނުވެސް ނެތް ގަޑިއެއްގަ ތިހެން ނުކުމެގެން ދިޔައިމަ.. ލީން.. ނެޑް.. ހީ ރިއަލީ
ލަވްސް ޔޫ-" 
"ޝޫޝް!"
އައިލީން ބާރު ހަޅޭކެއްގެ އަޑުން މައިރާ ހިމޭންކޮށްލި އެވެ. އޭރު އައިލީންގެ
ދެލޮލުން ތާޒާ ކަރުނަ ފައިބަމުންދިޔައިރު މޫނުވެސް ރަތްވެ، އަތްފައި ދިޔައީ
ތުރުތުރު ލަމުންނެވެ.  "ޔޫ ޑޯންޓް ނޯ އަ ފަ*** ތިންގް
އަބައުޓް ލަވް!"
ބާރުކޮށް
ޖައްސާލެވިފައިވާ އައިލީންގެ ދެ ދަތްޕިލައިގެ ދޭތެރެއިން ނުކުތް ޖުމްލަ ނުހަނު
ސާފުކޮށް މައިރާގެ ކަންފަތާ ހަމައަށް ފޯރި އެވެ. އޭނާގެ ދޫ ވަގުތުން
ބަންދުވެގެންދިޔަ އެވެ. ލަގޮނޑިއަށް ބާރުވެ ނޭވާ ކުރުވެލި އެވެ. އާނއެކެވެ.
އައިލީން އޭނާއާ ދިމާލަށް އެ ބުނި ޖުމްލައަކީ މީގެ ކުރިން އޭނާއަށް އިވާންގެ
އަޑުންވެސް އިވިފައިވާ ޖުމުލައެކެވެ. އެ ޖުމްލައިން ހިތަށް އެހާބޮޑު އަސަރެއް ކުރި
ސަބަބަކީ އެއީ އެވެ.
"މައްސަލައެއް
ނެތް! ނަދާލްގެ ގޮތް އަހަރެންނަށް އެނގޭ.. ނަދާލް.. ނަދާލް މިވަރު ކަމެއް
ކުރާނެކަން ވިސްނާލެވިފަ ނެތަސް އޭނަ މިކަން ކުރީތީ އަހަރެން ހައިރާނެއް ނުވޭ.
އޭނައަކީ އިވާންއާ އެއްވެސް ގުޅުމެއްހުރި މީހެއް ނޫނޭ! އެކަމަކު މައި އޯ؟ ވަޓް
އަ ފެސާޑް؟
ވަޓް އަ ބިޓްރެޔަލް؟" އައިލީންގެ
އަޑުވަނީ ރުޅިއާއި ހިތާމައިން މަސްހުނިވެފަ އެވެ. ގިސްލަމުންގޮސް ހަތަރެސްފައިން
ވާގި ދޫވާން ފެށުމާއެކު ކުރަންހުރި މަސައްކަތް ދޫކޮށް އެނދުގައި އިށީނދެލި އެވެ. "ކީއްވެ؟ އިވާންބެ..
އިވާންބެ މައިދެކެ ހާދަ ލޯތްބެއް ވިއޭ!"
"ލީން.
ލީން އައިމް ސޮރީ" މައިރާ ޖެހިލުންވެފައިހުރެ އައިލީންގާތު އިށީނެވެ.
"ސޮރީއަކުން
އެއްވެސް.. ކަމެއް.. ހައްލުވާނެތަ މައި؟ ހިޒް ލައިފް.. ހިޒް
ކެރިއަރ.. ހިޒް ރެޕިއުޓޭޝަން.. އިޒް ރުއިންޑް.. މާމަ.. މާމަ އިޒް ގޯން.. އެންޑް މީ؟ މައިއަކަށް
ނޭނގޭނެ އެ ރަށުގަ އަހަރެން ތަހައް.. ތަހައްމަލު ކުރިހާ ކަންކަމެއް؟ އަހަރެންނަށް
ލިބުނުހާ.. މަ.. މަލާމާތެއް. ސްކޫލުގަ ކުދިން އަހަރެންނަށް ކުރި ފުރައްސާރައިން..
ލިބުނު ނަފްސާނީ.. ގެއްލުން މައިއަށް އެނގޭތަ؟ އައި ވޯޒް.. އައި ވޯޒް
ޑައިގްނޯޒްޑް ވިތް ސިވިއަރ ޕެނިކް ޑިސްއޯޑަރ. މިއަދާ ހަމައަށްވެސް އަހަރެންނަށް
ސްކޫލެއްގެ ވަޒީފާއަކަށް ދާން ނު.. ނުކެރިފަ މި ހުންނަނީ.. މަގެއް މަތިން
ސްކޫލެއްގެ ޔުނީފޯމު އެޅި ކުއްޖަކު ފެނުނަސް.. އަހަރެން.. އަހަރެން…"
އައިލީންއަށް
ގިސްލެވޭވަރުން ވާހަކަ ކުރިއަށް ގެންދަންވެސް އުނދަގޫވި އެވެ. އެހެން ނަމަވެސް
އޭނާ ހިންދިރުވައިލީ ހިތުގައިވާ ހުރިހާ އުދާހަކާއި ނަފްރަތެއް މިރޭ ހިތުން
ބޭރުކޮށްލަން ނިންމައިގެނެވެ. 
"އަހަރެން
މަޢާފެއް ނުކުރާނަން… މައިއަކަށްވެސް..
ނަދާލްއަކަށްވެސް.. އަދި އަހަރެންގެ އަމިއްލަ ނަފްސަކަށްވެސް މަޢާފެއް ނުކުރެވޭނެ..
އަހަރެންގެ މެހެމާނެއްގެ ގޮތުގަހުރެ މައި.. ގޯޑް ވައި؟ ވައި
ޑިޑް އައި ލެޓް ޔޫ އިންޓު އަވަރ ހައުސް" އޭނާއަށް އަދިވެސް ރޮވެނީ އެވެ.
ދެލޮލުން ކަރުނަ ހުސްވާން އުޅޭހެން ހީވާ ކޮންމެ ފަހަރަކު އިވާންއަށް ލިބުނު
ދެރައާއި އެ ދެރައަށްފަހު އޭނާއަށް އިވާންއާމެދު ކަންތައް ކުރެވުނު ގޮތް
ހަނދާންވެ،  މުޅިން
އާރޯ ކަރުނަތަކަކުން ދެލޯ ތެންމައިލަ އެވެ. 
ގެއަށް
ވަދެ، ލައިގެންހުރި ވާރޭކޯޓު ބާލައި ބެލްކަނީގައިހުރި ހަރެއްގައި
އަޅުވައިލުމަށްފަހު ނަދާލް އިސްތަށިގަނޑުން ފެން ފޮޅައިލި އެވެ. ސިޓިންގްރޫމަށް
ނުކުމެ ކާމޭޒު މަތިން ނެގި "ކުކީ" އެއްގައި ދަތް އަޅައިލަމުން އޭނާ
ކޮޓަރީގެ ދޮރު ހުޅުވައިލީ އައިލީންއާ ވާހަކަ ދައްކަމުންނެވެ. 
"ހާދަ
ވިއްސާރައޭ ދޯ؟ ކާރާ ހިސާބަށް ދުވެލާފަ ދިޔައިރު މީހާ ތެމި- ލޫނާ؟"
ނަދާލްގެ ޖުމްލަ ވަކި ހިސާބަކުން މެދު ކެނޑުނީ އޭނާގެ ކަންފަތުގައި ހަރުލައިގެންދިޔަ
އައިލީންގެ ގިސްލުމުންނެވެ. އޭނާގެ ހިތް އަވަސްވެލުމާއެކު ދުރު ފިޔަވަޅުތަކެއްގައި
ގޮސް އެނދާ އަރައި ހަމަކޮށްލި އެވެ. އެތަނުގައި އިން މައިރާފެނި އޭނާ ބުމަ
އަރުވައިލީ އައިލީންއަށް ވީގޮތެއް އަހައިލާފަދަ މޭރުމަކުންނެވެ. އޭރުވެސް ގޭތެރޭގައި
ކެކިގަނެގެން އުޅޭ ހަނގުރާމައިގެ ހޫނުކަމެއް އަދި އޭނާއާ ހިސާބަކަށް ނުފޯރަ އެވެ. އޭނާއަށް ނާންގައި މައިރާ އެ ބޮޑު ސިއްރު އައިލީންއަށް
ފަޅާއަރުވާލާއިފާނެ ކަމަކަށް ނަދާލްއަށް ކުޑަކޮށްވެސް ޝައްކު ކުރެވިފައެއް ނެތެވެ.
އޭނާ މައިރާއަށް ކުރަނީ އެހާވެސް ބޮޑު އިތުބާރެކެވެ. 
"ހޭއި؟" ނަދާލް
ވަގުތުން އައިލީންގާތު ދެކަކޫ ޖަހައިލަމުން ބިންމަތީގައި އިށީނެވެ. އިސްޖެހިފައިވާ
އައިލީންގެ މޫނަށް ބަލައިލަމުން އަތް އުފުލައިލީ އައިލީންގެ ކޯތާފަތުގައި
ބީހެމުންދިޔަ ކަރުނަތައް ފޮހެލައި ދިނުމަށެވެ. އެހެނަސް އޭގެ ކުރިން އައިލީން
ނަދާލްގެ އަތުގައި ޖަހައި ފޮޅައިލީ ދުރަށް ނަޖިހެއް ފޮޅައިލާފަދަ އުސޫލުންނެވެ.
އަދި ނަދާލްއަށް އެކަމުން ލިބުނު ސިހުމުން އަރައި ނުގަނެވެނީސް ނަދާލްގެ ބަނޑުގައި
ކޮޅުފައިން ޖަހައި ދުރަށް ކޮށްޕައިލި އެވެ. 
ނަދާލްއަށް
ވީ ތަދުން ބަނޑުގައި އަތް އަޅައިލެވުނެވެ. ނަމަވެސް އައިލީން އެނދުން ތެދުވެ
ހިންދެމިލުމުގެ ކުރިން އޭނާވެސް ހުރީ ދެފައި މައްޗަށް ކޮޅަށް ތެދުވެ އެވެ.
އައިލީން އެ ޖެހި ޖެހުމުން ބަނޑުގައި އަޅަމުންދިޔަ ވޭނަށްވުރެ ބޮޑު ވޭނެއް
އަޅަމުން ދިޔައީ އޭނާގެ ހިތުގަ އެވެ. ރުއިމުގެ ސަބަބުން ރަތްވެ، ފޮއްސިވެފައިވާ
އައިލީންގެ މޫނު ފެނި ނަދާލްގެ ހިތް ޅަފަށް މިޔައަކުން ކޮށެމުން ދިޔައިރު
އައިލީންގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައީ އޭނާގެ ހިތުން ލޭ
އޮހޮރުވައިލަމުންނެވެ. އޭނާ ދެންވެސް މަސައްކަތް ކުރީ އައިލީން ގާތަށްގޮސް
އައިލީން މަސަލަސް ކުރެވޭތޯ އެވެ.
"ދުރަށްދޭ..
އަހަރެންނާ ގާތް ނުވާތި! ނަދާލްގެ ތި މުޑުދާރު ދެ އަތުން އަހަރެންގެ ގައިގަ އަތް
ނުލާތި!" 
ނަދާލްގެ
އަތް ދެވަނަ ފަހަރަށް ދުރަށް ފޮޅައިލަމުން ބުނެލި ޖުމްލައާއެކު ނަދާލްއަށް
ހުއްޓުންއެރި އެވެ. މި ފަނާވަނިވި ދުނިޔެއިން އޭނާ ބޭނުންވާ ހަމައެކަނި އެއްޗަކީ،
ނުވަތަ ކަމަކީ، ނުވަތަ މީހަކީވެސް އައިލީން އެވެ. މި ކާއިނާތުގައި އޭނާއަށްވާ
ހަމައެކަނި ހަނދަކީ އެއީ އެވެ. ހަޔާތުގެ ބައިވެރިއަކަށްވެސް އަދި
އެކުވެރިޔަކަށްވެސް ބޭނުންވާ ހަމައެކަނި އިންސާނަކީ އެއީ އެވެ. އޭނާގެ ދެއަތް
އައިލީންގެ ހަށިގަނޑުގައި ބީހިލަން މަނާ ކުރާނަމަ އެ ދެއަތުގެ ބޭނުމަކީ ކޮބައި
ހެއްޔެވެ؟
އޭނާގެ ދެފައިން އައިލީންއާ ގާތަށް އަޅާ ކޮންމެ ފިޔަވަޅެއް
މަނާ ކުރާނަމަ އެ ދެފައިގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟
"ބޭ..
ބޭބީ.. ވަޓް.. ވަޓް އަރ ޔޫ ސެއިންގް؟" ނަދާލްގެ
އަޑު ނުކުތީ ކެނޑިކެނޑި ގެނެވެ. 
"ނާތްލާށޭ!
ކުށެއް ނެތި އަހަރެންގެ މައުސޫމު ބޭބެގެ ދިރިއުޅުން ހަލާކުކޮށްލި ދެއަތުން..
އަހަރެންގެ މާމަ މަރާލި ދެއަތުން.. އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލި
ދެއަތުން އަހަރެންގެ ގައިގަ އަތްލައިގެން  ނުވާނެ!" 
އައިލީން
ފުލުފުލުގައި އަމުނައިލި ޖުމްލަތަކުން ނަދާލްގެ ހުރިހާ ސުވާލަކަށް ޖަވާބު
ލިބިގެންދިޔަ އެވެ. އޭނާ ބަލައިލީ މިހާރު އެމީހުންނާ ހައެއްކަ ފޫޓު ދުރުގައި
މަޑުކޮށްލައިގެން ހުރި މައިރާއަށެވެ. މައިރާ އަވަސް އަވަހަށް އިސްޖަހައިލި ގޮތުން
ނަދާލްއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އަނެއްކާވެސް އައިލީންއާ ދިމާލަށް
މޫނު އަނބުރައިލަމުން ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ.
"ލޫނާ
ޕްލީޒް ލެޓް މީ އެކްސްޕްލެ- 
"ހަހަ..
ހަ.. ހަ.. އޮފްކޯސް!" އައިލީންގެ ހުނުމުގައިވަނީ މަލާމާތެވެ. "އޮފްކޯސް
ޔޫ ހޭވް އެން އެކްސްޕްލެނޭޝަން! އޭޒް އޯލްވޭޒް! މިފަހަރު ކީކޭ ބުނާނީ؟ އިވާންއަށް
އެހެން ހެދީ ތިމަންނައަށް މަޖުބޫރު ވެގެންނޭތަ؟ ނޫނީ އަހަރެންނާ
ގުޅުން ބަދަހި ކުރީ އިވާންއަކީ އަހަރެންގެ އާއިލާކަން ނޭނގިހުރެ އޭތަ؟" އައިލީންގެ
އަޑުގައި މިހާރު ހިތާމައިގެ އަސަރެއް ނެތެވެ. އެ ގިސްލުން މެދުކެނޑިއްޖެ އެވެ.
މިހާރު އެ ދެލޮލަށް ޖަމާވަމުންދިޔައީ ރުޅިވެރިކަމާއި ނަފްރަތުގެ ކަރުނަ އެވެ.
"ޔެސް!
ޔެސް އެގްޒޭކްޓްލީ! އައި ޑިޑިންޓް ނޯ!" ނަދާލް ބޯ ޖަހައިލި އެވެ. 
"ޝޫޝް!
އަދިވެސް! އަދިވެސް ހަމަ ދޮގޭ ތި ހަދަނީ! އަހަރެންނަށް މިހާރު ހުރިހާ އެއްޗެއްވެސް
ވިސްނެން ފަށައިފި! އިޒޫއާ އެންގޭޖް ވެގެންހުރެވެސް ނަދާލް އަހަރެންނާ ގާތްވާން
މަސައްކަތްކުރި ސަބަބަކީ ހަމަ އެއީ.. އެކި ގޮތްގޮތުން އަހަރެން ހައްލާލައިގެން
ރިސޯޓުގަ މަޑުކުރުވީ ތިމީހުންގެ ރޭވުން ކުރިއަށް ގެންދަން މައިރާއަށް ފުރުސަތު
ދޭންވެގެން. ރަށަށް އައި ރޭވެސް އަހަރެން ގެސްޓްހައުސްއަށް ގެންދިޔައީ ހަމަ
މައިއަށް އެކަން ފަހިކޮށްދޭކަށްނު؟" އައިލީން އެނދުމަތީގައި ހުރި
ފޮށި ލައްޕައިލަމުން އޭގެ ޒިބު އަޅުވައިލައި ބިންމައްޗަށް ބޭލި އެވެ.
"ނޯ..
ނޯ ދެޓްސް ނޮޓް ޓްރޫ- ލޫނާ! ލޫނާ ވެއިޓް!" އައިލީން ފޮށި ހިފައިގެން ކޮޓަރިން
ނުކުންނަން ހިނގައިގަތުމާއެކު ނަދާލްއަށް ތެޅިގަނެވުނެވެ. އެހެނަސް އޭނާއަށް
އައިލީންއާ އަރައި ހަމަކުރެވުނީ ސިޓިންގްރޫމްގެ މެދަކާ ހިސާބުންނެވެ. އޭނާ
އައިލީން ފަހަނަ އަޅައިގޮސް އެޕާރޓްމެންޓްގެ މައިދޮރާ ދެމެދަށް ހުރަސްވެލި އެވެ.
"އަހަރެން
ނުކުންނަން ތަން ދައްކާ!" އައިލީން ހަރުކަށިކަމާއެކު ބުންޏެވެ.
"ނޯ
ލޫނާ.. މިއޮއް ބޯ ވާރޭގަ ނުކުމެގެން ލޫނާ ވަކި ކޮންތާކަށްތަ ދާނީ؟"
ނަދާލް އަހައިލި އެވެ.
"އެއީ
ނަދާލް ބަލަންޖެހޭ ކަމެއް ނޫނޭ! މީގެ ފަހުން ނަދާލް އަހަރެންގެ އެއްވެސް ކަމަކާ
ވިސްނާކަށް ނުޖެހޭނެ! ތިވަރުގެ ނުލަފާ ރަހުމުކުޑަ މީހަކާ ވައިވެސް އެޅޭކަށް
އަހަރެން ބޭނުމެއް ނޫނޭ އަޑު އިވިއްޖެތަ!" އައިލީންގެ އަޑު ބާރުވި އެވެ.
"ނެޑް..
ފަހަރެއްގާ ލީން-"
"ޝޫޝް
މައި! މިހާރު ވާ ވަރަށް ވާހަކަ ދައްކައިފީމެއްނު؟" މައިރާ
ބުނާ އެކައްޗެއްވެސް އަޑު އަހާކަށް ނަދާލް ބޭނުމެއްނުވި އެވެ. އޭނާގެ ފުރިހަމަ
ސަމާލުކަން ދެވިފައިވަނީ އައިލީންއަށެވެ. 
"ލޫނާ
ޕްލީޒް.. ލޫނާ އަހަރެންނާ ދިމާލަށް ކިޔާ ކޮންމެ އެއްޗެއް އަހަރެން އެއްވެސް
ޝަކުވާއަކާނުލައި ގަބޫލު ކުރާނަން. ބަޓް ޕްލީޒް ކާމް ޑައުން އެންޑް ލިސަން ޓު މީ..
އައި ލަވް ޔޫ ބޭބީ ޕްލީސް އައިމް ޓްރައިންގް.. ވީ އަރ ޓްރައިންގް ޓު ފިކްސް
އެވްރީތިން-"
"ފިކްސް
ވަޓް ނަދާލް؟ ކަލޭމެން ދެމީހުންނަށް ކެރޭނެތަ ދުނިޔޭގެ ކުރިމަތީގަ ތި
ކުރި ހުރިހާ ކުށަކަށް އިއުތިރާފު ވާން؟" އައިލީން އެއްފަހަރު
ނަދާލްއަށް އަނެއްފަހަރު މައިރާއަށް ބަލައިލަމުން އެއްސެވެ. އެހެނަސް އެއިން
އެކަކަށްވެސް އެ ސުވާލަށް ޖަވާބުދޭކަށް ނޭނގުނެވެ.
"ދެޓްސް
ވަޓް އައި ތޯޓް" އައިލީން ހިތި ހިނިތުންވުމަކާއެކު ބޯ ޖަހައިލި އެވެ. 
"ނޯ..
ލޫނާ އައި- އައި ވޯންޓް ލެޓް ޔޫ ލީވް" އައިލީންއަށް ދޮރުގެ ތަޅުގައި
ހިފައިލެވުމުގެ ކުރިން ނަދާލް އެ ތަޅުގައި އަތް އެޅި އެވެ. 
"ޔެސް
ޔޫ ވިލް! ދޮރު ހުޅުވާ!" އައިލީން އަމުރުކުރި އެވެ.
"ޔޫ
ކޭން ކަރސް މީ އެންޑް ހިޓް މީ އޭޒް މަޗް އޭޒް ޔޫ ވޯންޓް ބަޓް ޔޫ ވިލް ސްޓޭ!"
ނަދާލްގެ އަޑުގައިވަނީ އާދޭހެވެ.
"ނަދާލް
މި ދޮރު ހުޅުވާށޭ! އައި ހޭވް ނޯ އިންޓެންޝަން ޓު ކަރސް ޔޫ އޯރ ހިޓް ޔޫ އެނީމޯރ.
ބަޓް އިފް ޔޫ ޑޫ ނޮޓް ލެޓް މީ ގޯ ރައިޓް ނައު އައި ސްވެއަރ ޓު ގޯޑް… އައި ވިލް ހަރޓް މައިސެލްފް!" އައިލީންގެ ފަހު
ޖުމްލަ އިވުނު ހިނދު ނަދާލް ވަގުތުން ހުއްޓުން އެރި އެވެ. އައިލީން ކުރިން
ކަންތައް ކޮށްފައިހުރި ގޮތާއި، އެ އަޑުގައިވާ ސާބިތުކަމަށް ބަލައި އެއީ އައިލީން
ކޮށްފާނޭ ކަމެކޭ އޭނާއަށް ހީވި އެވެ. އަދި އެ ހިޔާލު އޭނާގެ މުޅި ގައިން ހީބިހި
ހިލުވައިލި އެވެ.
"ފަ*!"
ނަދާލް ދަތްކުނޑި ވިކައިލަމުން އައިލީން ނުކުތުމަށްޓަކައި ދޮރު ހުޅުވައިލީ އިތުރު
ގޮތެއް ނެތުމުންނެވެ. އައިލީންގެ ހަށިގަނޑުގައި ކޫރުމެއްވެސް އެޅެން އޭނާ
ނޭދޭއިރު، އޭނާގެ ސަބަބުން އައިލީން އެފަދަ ގެއްލުމެއް ލިބިގަތުމަކީ އޭނާއަށް
ބަރުދާސްތު ކުރެވޭވަރު ކަމަކަށް ނުވާނެ އެވެ. ހުޅުވާފައިހުރި ދޮރުފަތަށް
ގޮށްމުށުގެ ބާރު ހަމަލާއެއް އަމާޒު ކޮށްލުމަށްފަހު އޭނާ އިސްތަށިގަނޑުގެ ތެރެއަށް
ދެއަތް މަހައިލި އެވެ. ފަސްއެނބުރެން ހިޔާލު ނުކުރީ އޭނާއަށް އައިލީން ހުއްޓުވަން
މަސައްކަތް ކުރެވިދާނެތީ އެވެ. އައިލީން އެރި ލިފްޓު އެ ފަންގިފިލާއިން
ހިނގައްޖެކަން ޔަގީން ކުރުމަށްފަހު އޭނާ މަޑުމަޑުން ސޯފާގައި އިށީނދެލި އެވެ. 
"އައިލީން
އެކަނި ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން. މައި ދޭ.. ގޮސް އޭނަ ބޭނުން ތާކަށް
އޭނަ ގެންގޮސްދީ" ނަދާލް އިސްޖަހާލައިގެން އިނދެ ބުންޏެވެ.
"މީހަކު
އެބަ އާދޭ ލީން ބަލާ" މައިރާ ބުންޏެވެ. އެއާއެކު ނަދާލްގެ ބުމަ ވަގުތުން
ގޮށްޖެހުނެވެ. މި ވިއްސާރައިގައި އައިލީން ބަލައި އެ ގޭދޮށަށް އަންނާނެ މީހަކަށް
ހުރީ ކާކު ހެއްޔެވެ؟ އިވާން ހެއްޔެވެ؟ ނޫނެކެވެ. އެމީހަކީ
އިވާން ނަމަ މައިރާއަށް ޔަގީންކޮށް އެއީ އިވާންކަން ބުނަން އެނގުނީހެވެ.
ނަދާލް
ކުއްލިއަކަށް ގޮނޑިން ތެދުވެ ބެލްކަންޏަށް ނުކުތެވެ. ގޭގެ ތިރީގައި
މަޑުކޮށްލައިގެން އޮތް ޓެކްސީގެ ކައިރީގައި އައިލީންއާ ވާހަކަދައްކަން ހުރި ޝާވިން
ފެނި އޭނާއަށް ރެއިލިންގްގައި ހިފަހައްޓާލައިގެންހުރި ދެއަތަށް ބާރެއް ލެވުނެވެ.
އެ ދެމީހުން އެރުމާއެކު ޓެކްސީ ދުއްވައިލިތަންފެނި ނަދާލް ދަތްޕިލަ ކާރުވައިލަމުން
ސިޓިންގްރޫމަށް ވަނެވެ.
"ޑޫ
ޔޫ ހޭވް އެނީ ފަ*** އައިޑިޔާ ވަޓް ޔޫ ހޭވް ޑަން؟" ނަދާލް
ވަގުތުން ދިޔައީ އެތަނުގައިހުރި މައިރާއާ ދިމާލަށެވެ. "އެބަ އެނގޭތަ ތި
ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން؟ ތި ހުރަސްއެޅީ އަހަރެންނާއި
ލޫނާގެ އުފަލަށް އެކަންޏެއް ނޫނޭ؟ އަދި ކިރިޔާ މަލް އެ ހަމައަކަށް
އެޅުނީ! މައި އަމިއްލައަކަށް ނޫންތަ ބުނީ އެ ޝާވިން އެއީ ލޫނާއާހެދި ހޭބަލިވެފަ
ހުރި މީހެކޭ؟ ލޫނާ އަލުން އޭނަގެ ލައިފަށް ދިޔައިމަ މަލްއަށް ވާނެ
ގޮތަކާ ދޭތެރޭ މައި ވިސްނާލިންތަ؟" އާދައިގެ
މަތިން މިފަހަރުވެސް ނަދާލްއަށް އޭނާގެ ހިތާމަތައް ބޭރުކޮށްލެވުނީ ރުޅީގެ ސިފައިގަ
އެވެ.
"ނޫން..
ނެޑް ތި ހީކުރަނީ އަދި އެންމެ ރަނގަޅަކަށް ނޫން. ޝޯންއަކީ އެކަހަލަ މީހެއް ނޫން.
ޝޯން މިހާރު ލީންގެ މަތިން ހަނދާން ނައްތާލައިފި. ޝޯން މަލްއަށް ދެރަގޮތެއް
ނަހަދާނެ" މައިރާ ޔަގީންކަމާއެކު ބުންޏެވެ. 
"މައި
ކީއްވެތަ އަހަރެންގާތު ނާހާ މިވަރު ބޮޑު ކަމެއް ތި ކުރީ؟ އަހަރެންނަށް
މައިއާ ދިމާލަށް ކިޔުނު އެއްޗެހީގެ ބަދަލު ހިފާލީތަ؟ އަހަރެން މައިގާތުން
މަޢާފަށް އެދުނީމެއްނު.. މިއަދު.. މިއަދު ހެނދުނުވެސް ކިހާ ރީއްޗަށް ވާހަކަދެއްކީ؟"
ނަދާލްއަށް ޝަކުވާ ކުރެވުނެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިންގޮސް
އަނެއްކާވެސް ސޯފާގައި އިށީނދެލީ ކޮޅަށްވެސް ހުރެލާނެހާ ހިތްވަރު ނެތުމުންނެވެ.
"ނެޑް..
އެހެނެއް ނޫނޭ.. އަހަރެން ނެޑްއަށް މަޢާފު ކޮށްފިން.. އަހަރެން ލީންގާތު އެ ވާހަކަ
ދެއްކީ އެކަންތައް އެއްވެސް ވަރަކަށް ހަނދާނުގަ ބަހައްޓައިގެނެއް ނޫން. އެކަމަކު
އެއީ ލީންއަށް މިހާރުވެސް އެނގެން ލަސްވެފައި އޮތް ހަގީގަތެއް ވީމަ. ފޯރ ގޯޑްސް
ސޭކް ނެޑް ޔޫ ވަރ ގޮނަ މެރީ ހަރ!" މައިރާވެސް ނަދާލްގާތު އިށީނދެލަމުން
ވިސްނައިދޭން މަސައްކަތްކުރި އެވެ.
"އަހަރެން
ނުބުނަންތަ މައިއާ މިރޭ މި ވާހަކަ ދައްކާނަމޭ.. ދެން ކީއްވެ؟" ނަދާލްގެ
އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. 
"ނެޑް
މި ވާހަކަ ދައްކަންދެން މަޑުކުރިނަމަ ކަންތައް ވާނެ ގޮތް އަހަރެންނަށް އެނގެއޭ.
އަހަރެންނަށްވުރެ ބޮޑަށް ނެޑްގެ ގޮތް އެނގޭނީ ކާކަށް؟ އެނގޭ ނެޑް މަސައްކަތް
ކުރާނީ އެކި ގޮތްގޮތުން ވާހަކަ ދައްކައިގެން އަހަރެންގެ އަނގަ ބަންދުކުރަންކަން"
މައިރާ ބުންޏެވެ. 
ނަދާލްއަކަށް
އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މައިރާ އެ ބުނީ ތެދެކެވެ. އޭނާ އުޅުނީ
މައިރާއާ ހައްލާލައިގެން އެ ސިއްރު ދެންވެސް އައިލީންއަށް ވަންހަނާ ކޮށްފައި
ބާއްވާނޭ ގޮތެއް ހޯދާށެވެ. މިފަހަރު މައިރާ އޭނާއަށް އެ ފުރުސަތު ނުދިނީ އެވެ.
އޭނާއަށްވުރެ އެއް ފިޔަވަޅު ކުރިއަށް އަޅައި މައިރާގެ ތޫނުފިލިކަން ދައްކާލީ އެވެ. 
"ނެޑް؟" ނަދާލް
އެއްޗެކޭ ނުބުނެ ގިނައިރު ވާން ފެށުމުން މައިރާ ގޮވައިލި އެވެ. އެއާއެކު ނަދާލް
ކުރަމުންދިޔަ ހިތްވަރު އެކީ ފުނޑުފުނޑުވި އެވެ. ލޯ މަތީގައި އަތް އަޅައިލުމާއެކު
އޭނާގެ ދެ ކޮނޑު ތުރުތުރުލާން ފެށި އެވެ. 
"މައި..
ޕްލީޒް ލީވް މީ އެލޯން" ނަދާލް ރުއިމުގެ ތެރެއިން ބުންޏެވެ. މައިރާއަށް
ދެންވެސް ގުޑިލަން ނޭނގިފައި އިނދެވުނީ އެވަގުތު ނަދާލް އެކަނި ދޫކޮށްލަން ބޭނުން
ނުވީތީ އެވެ. އެހެނަސް ނަދާލް ތަކުރާރުކޮށް އެހެން ބުނުމުން އޭނާ އެތަނުން
ނުކުމެގެންދިޔަ އެވެ. 
*************
ޓެކްސީގެ
ތެރޭގައި ރުއިން ކޮންޓްރޯލު ކުރުމަށްޓަކައި އައިލީން އޭނާގެ ތުންފަތުގައި ދަތް
އަޅައިލި އެވެ. ރަހުމެއްނެތި ކާރުގެ ބިއްލޫރިގަނޑަށް ހަމަލާދެމުން ވާރޭގެ
ތިކިތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އެރޭ ހިނގައިދިޔަ ހުރިހާ ކަމެއް
ފިލްމެއްގެ މަންޒަރެއް ފަދައިން ސިކުނޑީގައި ތަކުރާރު ވަމުންދިޔަ އެވެ. އެވަގުތު ޝާވިން
ޑްރައިވަރު އަތުން ހޯދި ޓިޝޫއެއް އައިލީންއަށް ދިއްކޮށްލި އެވެ.
"ނާހާނަންތަ؟ އަހަރެންނަށް
ވީ ކީއްތޯ؟" އައިލީން ތުރުތުރު އަޅަމުންދިޔަ އަތަކުން އެ ޓިޝޫގައި
ހިފައި ދެލޯ ފޮހެލި އެވެ.
"ލީން
ބޭނުން އިރަކުން ކިޔާދޭންވީ" ޝާވިން ބުނެލި އެވެ.
"އެ..
އެނގޭތަ؟
އެމީހުން އިވާން ފްރޭމް ކުރީ" އައިލީން ބުންޏެވެ. 
"ހްމްމް.
އެނގޭ" ޝާވިންގެ ނަޒަރު ހުރީ އައިލީންއާ ދުރަށެވެ. އެ ހަގީގަތް އައިލީންއަށް
ފޮރުވައިގެން އުޅެވުނީތީ އޭނާއަކަށްވެސް އައިލީންއާ ކުރިމަތިލާކަށް ނުކެރުނެވެ.
"ވަޓް؟ ޝޯންއަށްވެސް
އެނގޭ؟
ދެން ކީއްވެ އަހަރެންގާތު ނުބުނީ؟" އައިލީންއަށް
ލިބިގެންދިޔައީ އިތުރު ހިތްދަތި ކަމެކެވެ. އޭނާގެ ހަޔާތަށް އިހަކަށްދުވަހު އައި
ބައެއްގެ ފަރާތުން މާބޮޑު އުއްމީދުތަކެއް ނުކުރި ކަމުގައިވިޔަސް އޭނާ ޝާވިންގެ
ތެދުވެރިކަމަށް އުއްމީދުކުރި އެވެ. 
"ޔޫ..
ޔޫ ވަރ ރިއަލީ ހެޕީ ވިތް ހިމް ލީން.  އެހެންވެ..
އިވާން ބޭނުން ނުވީ" ޝާވިންގެ ވާހަކަ އައިލީންއަށް ގަބޫލު ކުރެވުނެވެ. އިވާން
މަނާކޮށްފި ވާހަކައެއް ޝާވިން ނުދައްކާނެކަން އަދި ޝާވިން މަނާކޮށްފި ވާހަކައެއް
އިވާންވެސް ނުދައްކާނެކަން އެންމެ ރަނގަޅަށް އެނގޭ ތިންވަނަ މީހަކީ އޭނާ އެވެ.
ވުމާއެކު އައިލީން ދެން އިތުރަށް އެކަމާ ޒުވާބު ކުރާކަށް ނޫޅުނެވެ. މަންޒިލާ
ހަމައަށް ދެވެންދެން ކާރުން ބޭރަށް ބަލަހައްޓައިގެން އިނީ އެވެ. 
**************
ފެންވަރައިގެން
ނުކުމެ ނިދަން ތައްޔާރުވެލައިގެން އިވާން ކޮޓަރީގައިހުރި ބަންކްބެޑްގެ މަތީ
އެނދަށް އަރައި ހަމަޖެހިލި އެވެ. ހެޑްބޯޑާ ހަމައަށް ދަމާލާފައި އޮތް
އެކްސްޓެންޝަން ބޯޑަށް ފޯނު ޗާރޖަށް ޖަހައިލަމުން އޭނާ ފޯނުގެ ފޮޓޯ އަލްބަމް
ހުޅުވައިލި އެވެ. އެދުވަހު ވިލިމާލެއަށް ކުރި ދަތުރުގެ ފޮޓޯތައް ބަލަމުންގޮސް
މައިރާގެ ފޮޓޮއެއް ފެނުމާއެކު އޭނާގެ ތުންފަތް ދެމިލިތަން ފެނުނެވެ. ދެން ޖެހުނު
ފޮޓޮއަށް "ސްކްރޯލް" ކޮށްލަންވެސް ބޭނުން ނުވެފައި އޮއްވައި އައުޒަމްގެ
ކޯލެއް ފޯނަށް އަންނަން ފެށި އެވެ. 
"އަޅެ
މަ މިތާ ހުޅުވައިގެން މި އުޅެނީ މޭކަޕް ސެލޫނެއްތަ ކަލޭ ކޮންމެ ދެ ނޭވާއެއް
ދޭތެރެއިން މިތަނަށް ކޮންމެވެސް އަންހެނަކު ތި ގެންނަނީ؟" ފޯނު
ކަންފަތުގައި ޖަހައިލުމާއެކު އިވުނީ އައުޒަމްގެ ހިތްހަމަ ނުޖެހިފައިވާ އަޑެވެ.
"މިހާރު
ކާކު އައީ؟" އިވާންއަށް އަހައިލެވުނެވެ.
"މަށަކަށް
ނޭނގެ. ކޮންމެވެސް ބޯ ބުޅި މަންޖެއެއް ޝޯންއާއެކު އައިމަ އަހަރެން އޭނަ
ފޮނުވާލައިފިން މައްޗަށް" އައުޒަމް ބުންޏެވެ. 
"ޝޯންއާއެކުގަ
އޭ؟"
އިވާން ވަގުތުން ސަމާލަށް އައެވެ. މި ވެހޭ ވާރޭގައި ޝާވިންއާއެކު އޭނާ ހޯދަން
އަންނާނީ ކާކުބާ އެވެ؟ ހިތާހިތުން ޝާވިންއަށްވެސް ކުދި
ކިޔަމުން އިވާން އެނދުން ފުންމައިލި އެވެ. ފަޑީގައި އަޅުވާފައި އޮތް ޓީޝާޓު ބޮލުން
މަހައިލުމަށްފަހު ފޯނު ޗާރޖަރުން ނައްޓާލައިގެން ގޮސް ކޮޓަރިން ނުކުތްއިރު
އެޕަރޓްމެންޓްގެ ދޮރުގައި ޓަކި ޖަހަމަންދިޔަ އަޑު އިވުނެވެ.
"ލީން؟"
ދޮރު ހުޅުވައިލިއިރު ބޭރުގައިހުރި އައިލީން ފެނި އިވާންއަށް ހައިރާންކަމާއެކު
ގޮވައިލެވުނެވެ. 
އިވާން
ފެނުމާއެކު އެހާ ވަރުން ރުއިން ހުއްޓާލައިގެން ހުރި އައިލީންގެ ބަޑި ފަޅައިގެން
ދިޔަ އެވެ. އިވާންއަށް އެއްޗެކޭ ބުނެލާނެ ފުރުސަތެއްވެސް ނުދީ ކުއްލިއަކަށް
އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅެއް އަޅައިލަމުން އިވާންގެ ގައިގައި ބާރަށް
ބައްދައިލި އެވެ. 
"ލީން..ހަމަޖެހިބަލަ..
ހުއްޓާލަބަ.. ކިހިނެއްތަ ވީ؟ ނަ.. ނަދާލް ކަމެއް ކުރީތަ؟" އިވާން
ހައިރާންވެފައި ހުރެ އައިލީންގެ މެދުހަށީގައި އެއް އަތް ވަށައިލަމުން އައިލީން
މަސަލަސް ކުރެވޭތޯ މަސައްކަތްކުރި އެވެ. އެހެނަސް އިވާންގެ ކޮންމެ ސުވާލަކާއެކު އައިލީންގެ ރުއިމުގެ
އަޑު ވަނީ ހައްތަހާ ގަދަ އެވެ. އިވާންއަށް ކަންބޮޑުވެފައިހުރެ ބަލައިލެވުނީ
ދޮރުމަތީގައި އައިލީންގެ ފޮށި ހިފައިގެންހުރި ޝާވިންއަށެވެ.
ޝާވިން
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބޯ ޖަހައިލީ އައިލީންއަށް ހަގީގަތް އެނގިއްޖެއޭ
ބުނާފަދަ މޭރުމަކުންނެވެ. އެއަށްފަހު އޭނާ އައިލީންގެ ފޮށި ގޭތެރެއަށް
ވައްދާލައިފައި ސިޑިން ފޭބީ އިވާންއާއި އައިލީންއަށް ވާހަކަ ދައްކާނޭ ފުރުސަތު
ދެމުންނެވެ.
"އައިމް
ސޯ ސޮރީ އިވާންބޭ.. ލީންއަށް މަޢާފު ކުރޭ. އިވާންބެގެ އެއްވެސް ކުށަކާނުލައި އެހާ
ބޮޑު ކަމެއްގަ ޝައްކު ކުރެވުނީމަ.. އިތުބާރު ނުކުރެވުނީމަ.." މާގިނައިރެއް ނުވެ
އައިލީން ގިސްލުމުގެ ތެރެއިން ވާހަކަދައްކަން ފަށައިފި އެވެ 
"އިޓްސް
އޯކޭ ލީން.. އިޓްސް އޯކޭ.. ދެން އެވާހަކަ ނުދައްކާ.. އާދޭ އިށީނދެލަން"
އިވާންގެ ގަޔާ އައިލީން ދުރުކޮށްލި އެވެ. އަދި އައިލީންގެ އަތުން
ދޫކޮށްލުމަކާނުލައި ލަސްލަހުން ގެންގޮސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި
ބޭންދި އެވެ. އޭނާ ދެން އަވަސްވެގަތީ އައިލީންއަށް ފެންތަށްޓެއް ގެނެސްދިނުމަށެވެ. 
އައިލީން
ދެލޯ ފޮހެލަމުން އިސް އުފުލާލައި އެ ކުޑަ ކުޑަ ސިޓިންގްރޫމްގެ އެއްކަނުން އަނެއް
ކަނަށް ނަޒަރު ހިންގައިލި އެވެ. ދެތިން ދޮރުފަތުގެ ކަބަޑުސެޓަކާއި
އައިސް-އަލަމާރިއެއްގެ އިތުރުން އެތަނުގައި ހުރީ ކާމޭޒަކާއި ދެ ގޮނޑި އެވެ. އިތުރު
އެއްޗެއް ބަހައްޓާލެވޭނޭހާ ޖާގައެއް ނެތްތާނގައި ދެމީހަކަށް އެއްފަހަރާ
ހިނގައިލެވޭނެހާ ޖާގައެއްވެސް އެތަނުގައި ނެތެވެ. ނަދާލްގެ ތަނަވަސް
އެޕަރޓްމެންޓުގައި އުޅުމަށްފަހު އެތަނަށް އާދެވުމުން އައިލީންއަށް ހާސްކަން
އިހުސާސް ކުރެވުނު ނަމަވެސް އެހާ ދުވަހަށްފަހު އިވާންއާ ވާހަކަ ދައްކައިލެވުމުން
ލިބުނު ހިތްހަމަޖެހުން އެ ހާސްކަމާ އެތައް ގުނައަކުން ނުބައްދަލެވެ. 
"ކީއްވެ
ނުބުނީ؟
ލީން އެހާ ވަރަށް އިގްނޯރ ކުރިއިރުވެސް.. އެކައްޗެކޭވެސް
ނުބުނަމެއްނު" އިވާން ގެނެސްދިން ފެންތަށީގައި ހިފަމުން އައިލީން ބުންޏެވެ.  
"ކީކޭ
ބުނާނީ ލީން؟ އަހަރެންގެ ހިތަށް ހެދުނު ގޯހަކުން ދިރިއުޅުން
ބަރުބާދުވީއޭތަ؟" އިވާން އައިލީންއާ ޖެހިގެންހުރި
ގޮނޑި ދަމައިލުމަށްފަހު އޭގައި އިށީނެވެ.
"އެމީހުން
ކީއްވެ އަހަރުމެންނާ ދޭތެރޭ އެގޮތަށް ކަންތައް ކުރީ؟ އަދި އެވަރުން
ނުފުދިގެން މި ހުރިހާ ދުވަހު އަހަރެން އޭނަގާތު ބަހައްޓައިގެން އަހަރެންގެ
އިހުސާސްތަކާ ކުޅުނީ.. އޭނަ ހީކުރީތަ ހަގީގަތް އެނގުމަށްފަހު އަހަރެން އޭނައާ
ކައިވެނި ކުރާނެއޭ؟ އަހަރެން ބޭނުމެއް ނޫން ދެން މި
ކައިވެންޏެއް. އައި ޑޯންޓް ވޯންޓް ދިސް! އައި ޑޯންޓް ވޯންޓް ހިމް!" އައިލީން
މަޑުމަޑުން ފެށި ވާހަކަ ނިމުނުއިރު އެ އަޑަށް ހަރުކަށިކަން ވެރިވެއްޖެ އެވެ.
ފެންތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އަތުގެ ކަށި އިނގިލީގައި އަޅާފައި އޮތް
އަނގޮޓި ނަގައި ބިންމައްޗަށް ހޫރައިލި އެވެ. އެއަށްފަހު ބުޅި އިސްތަށިގަނޑުގެ
ތެރެއަށް ދެއަތް މަހައިލަމުން އިސްތަށިތަކަށް ވާންކޮށްލި އެވެ. 
"ލީން.."
އިވާންއަށް އެ މަންޒަރު ބަލަން ކެތް ނުވެގެން އައިލީންގެ އަތް އިސްތަށިގަނޑުން
ނައްޓުވައިލި އެވެ. 
"އަހަރެންނަށްވެސް
އުނދަގޫ މިހެން ބުނަން އެކަމަކު.. އޭނަ ހަމަ އަސްލުވެސް ލީންދެކެ ވަރަށް ލޯބިވޭ..
މިއީ ރޭގަނޑޭ ބުނެވޭނެހާ ޔަގީންކޮށް އަހަރެންނަށް މިހެން ބުނަން ކެރޭނެ.. ލީންއަށް
އެނގޭތަ؟
އަހަރެން އެންމެފަހުން ރަށަށް ފުރަން އޮތް ދުވަހު ލީން
ހޮސްޕިޓަލަށް ގެންދިޔައިމަ ދިޔައިން.. އެންޑް އައި ސޯ ހިމް ދެއަރ.. ހީ ވޯޒް ސޯ
ކްލޯޒް ޓު ލޫޒިންގް ހިމްސެލްފް ލީން" އައިލީންގެ އަތުގައި ހިފައިގެން އިނދެ
އިވާން ވާހަކަދެއްކި އެވެ. 
"ދިޔައިންތަ
ހޮސްޕިޓަލަށް؟ ކީއްވެ ލީންގާތަށް ނައީ" އައިލީން އިސް އުފުލާލައި
ޝަކުވާގެ ނަޒަރަކުން އިވާންއަށް ބަލައިލި އެވެ.
"ހެހެ
ލީން ދައްކާ ވާހަކަ. އެދުވަހު ލީންގާތަށް ދިޔަނަމަ ލީން ރިއެކްޓް ކުރާނީ ކިހިނެއް؟" އިވާން
ހިތި ހިނިތުންވުމަކާއެކު އަހައިލި އެވެ.  
"އައިމް
ސޮރީ" އައިލީން އަނެއްކާވެސް އިސްޖަހައިލަމުން ނިތްކުރީގައި ދެއަތް
ވިއްދައިލި އެވެ. އިވާންގެ ސޫރަ ދެކެންވެސް އޭނާއަކަށް ފަސޭހައެއް ނޫނެވެ. އެ
މައުސޫމުކަން ފެންނަ ކޮންމެ ފަހަރަކު ނަދާލްގެ ކެހިވެރިކަމާއި މަކަރުވެރިކަން
ހަނދާން ވަނީ އެވެ. އަދި ޙުދު އޭނާއަށްވެސް އިވާންއާ ދޭތެރޭ ކަންތައް ކުރެވުނީ
ރަނގަޅަށް ނޫންކަން ހަނދާން ވަނީ އެވެ.  
ދެމީހުންކުރެ
އެކަކަށްވެސް ދައްކާނެ އިތުރު ވާހަކައެއް ނޭނގުނެވެ. އެ ދެމެދުގައި މިހާރު
ރަސްކަން ކުރަމުން ދިޔައީ އައިލީންގެ ގިސްލުމުގެ އަޑާއެކުވެ އިވެމުންދިޔަ ފޯނެއްގެ
ވައިބްރޭޝަންގެ އަޑެވެ. އެ ފޯނު ވައިބްރޭޓްވަމުން ދިޔައީ އައިލީންގެ އުނގުގައި
އޮތް ދަބަހުގެ ތެރެއިންނެވެ. 
"ލީން؟ ފޯނު-" 
"އަހަރެންނަށް
އެނގެޔޭ އެ ގުޅަނީ ކާކުކަން” އައިލީން އެ އިންގޮތަށް އިނދެ ބުންޏެވެ. އެ ފޯނު
ނެގުމުގެ ހިޔާލެއް އޭނާގެ ނެތެވެ. އެ ފޯނަށް ގުޅަމުންދިޔަ މީހަކަށްވެސް އެކަން
ރޭކައިލީ ކަހަލަ އެވެ. އެ ފޯނުގެ ވައިބްރޭޝަން ހުއްޓިއްޖެ އެވެ. ބަދަލުގައި ދެން
ވައިބްރޭޓް ވާންފެށީ މޭޒުމަތީގައި އޮތް އިވާންގެ ފޯނެވެ. 
އިވާން
ފޯނުގެ ޑިސްޕްލޭއަށް އަރާފައިވާ ނަން އައިލީންއަށް ދައްކައިލި އެވެ. އައިލީންގެ
މޫނުމަތިން ވަކި އަސަރެއް ދައްކައި ނުލުމުން އޭނާ އެ ފޯނު ނަގައި ސްޕީކަރަށްލި އެވެ.
"ހެ..
ހެލޯ އިވާން؟"
އިވުނީ
ނަދާލްގެ ބަލިކަށިވެފައިވާ އަޑެވެ. އެ އަޑުން އެކަނިވެސް އައިލީންގެ ހިތް ކުދިކުދި
ވެގެންދިޔަ އެވެ. ގިސްލުމުގެ އަޑު ކޮންޓްރޯލު ކުރެވޭތޯ އަނގަމަތީގައި އަތް
އަޅައިލި އެވެ. އޭނާ ނަދާލް ދޫކޮށްލީ އެއްވެސް ހާލެއްގައި ނަދާލްދެކެ ލޯބި
ނުވާތީކީ ނޫނެވެ. އޭނާގެ ހިތް މަރުވެފައިވާ ވަނިކޮށް އެ ހިތަށް ދިރުން ގެނެސްދިން
މީހަކީ ނަދާލްކަން އޭނާ ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނެ އެވެ. ހަމަ
އެފަދައިން ނަދާލް އޭނާގެ އާއިލާއަށް ދިން ގެއްލުންވެސް އޭނާއަކަށް ހަނދާން
ނައްތައެއް ނުލެވޭނެ އެވެ. އޭނާގެ ނަޒަރުގައި ހުރިހާ ކަމެއް އެނގިހުރެ
ނަދާލްއާއެކު އޭނާ ދިރިއުޅުމެއް ފެށުމަކީ އިވާންއަށް ކުރެވޭ މަލާމާތެކެވެ. މުޅި
ދުނިޔެ އިވާންއަށް ބޭވަފާތެރި ވެފައިވާކަން އެނގިހުރެ އޭނާއަކަށް އިވާންއަށް
ބޭވަފާތެރިވާކަށް ނުކެރޭނެ އެވެ. 
"އައިލީން..
އައިލީންއަށް ހުރިހާ ކަމެއް ފަޅާއަރައިފި.. ޝީ.. ޝީ ލެފްޓް މީ އެންޑް ވެންޓް ވިތް
ޔޯރ ފްރެންޑް.. އަހަރެން..އަހަރެންނަކަށް ނޭނގެ ލޫނާ ދިޔަ ތަނެއްވެސް ލޫނާ އޯކޭ
ކަމެއްވެސް އަހަރެން-"
"ޝީ
އިޒް ފައިން. ޝީ އިޒް ވިތް މީ" ނަދާލްގެ ވާހަކަ މެދުކަނޑައިލަމުން އިވާން
ބުންޏެވެ.
"އޯހް..
ތޭންކް ގޯޑް! ލޫނާ.. ލޫނާ ކީކޭ ބުނީ؟ ހީވޭތަ؟ އަލުން
އަހަރެން ގާތަށް އައިސްފާނެހެން؟" ނަދާލް
އުއްމީދާއެކު އަހައިލި އަޑު އިވުނެވެ. އެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި
އިވާންއަށް ބަލައިލެވުނީ ކުރިމަތީގައި އިން އައިލީންއަށެވެ. އައިލީންގެ ފަރާތުން
ވަކި އިޝާރާތެއް ނުލިބުމުން އިވާންއަށް އެ ސުވާލުގެ ޖަވާބު ލިބުނެވެ. އޭނާ
ޔަގީންކުރީ ނަދާލްއަށްވެސް އެ ހިމޭންކަމުން ޖަވާބު ލިބޭނެ ކަމުގަ އެވެ.
"އިވާން..
ލޫނާއަށް ރަނގަޅަށް ބަލާދެއްޗޭ. ޕްލީޒް.." ކަންވީވެސް އިވާން ޔަގީންކުރި
ގޮތަށެވެ. ނަދާލް އިތުރަށް ކުރިން ކުރި ސުވާލު ތަކުރާރު ކުރާކަށް ނޫޅުނެވެ. "ޝީ.. ޝީ ކޭން ބީ ކެއަރލެސް.. ޖަސްޓް ލުކް އާފްޓަރ ހަރ.
ޝީ އިޒް މައި.. އާހް.. ބޭސް ކާން ހަނދާން ކޮށްދޭތި... ކާން ހަނދާން ކޮށްދޭތި
އައިލް ޓްރާންސްފަރ ޔޫ ސަމް ކޭޝް ޖަސްޓް ގެޓް ހަރ ސަ-"
"ބުނޭ
އޭނަގެ މުޑުދާރު ފައިސާއެއް އަހަރެން ބޭނުމެއް ނޫނޭ" ނަދާލްގެ ޖުމްލަ އިވި
އައިލީންގެ ލޭ ކެކިގަތީނުންގޮސް ހަޅޭއް ލަވައިގަތެވެ. އިވާންވެސް އެކަމާ
ވިސްނާނުލައި އިންދަ އެވެ.
"ލޫނާ؟ ލޫނާ
އާރ ޔޫ ދެއަރ؟ ބޭބީ ކޭން ވީ ޕްލީޒް ޓޯކް؟" ނަދާލްއަށް
އައިލީންގެ އަޑު އިވުމުން ގޮވައިލި އެވެ. 
"އޭ
އޯކޭ މޭން ބާއްވަނީއޭ. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން" އިވާން
އަވަސްއަވަހަށް ފޯނު ކަނޑައިލި އެވެ. "ނޯ ޗާންސް؟" އޭނާ
އައިލީންއަށް ބަލައިލަމުން އެއްސެވެ.
"ނޯ..
ނޮޓް އެނީމޯރ! ނަދާލްއަށް ފުރުސަތު ދެމުންގޮސް އަހަރެން މިހާރު ވަރުބަލިވެއްޖެ!
ކޮންމެ ފަހަރަކު ނަދާލް އަހަރެންގެ އިތުބާރު ގެއްލުވާލީމަ އަހަރެން ހާދަ ފޮނި
އުއްމީދެއްގައޭ އަލުން އެ އިތުބާރު ކުރަނީ؟ މީގެ ކުރިންވެސް
ކިތައް ފަހަރު؟ އިވާންބެއަށް އަދި ތި އެނގެނީ ހަގީގަތުގެ އެއްބައި.
އަހަރެންނާ ނަދާލް ދިމާވީ އެރޭ ބޭއްވި ބާބެކިޔުގެ ތެރެއަކުން ނޫނޭ"
އައިލީން
ފުރަތަމަ ފަހަރަށް އޭނާއާއި ނަދާލްގެ ގުޅުން ފެށުނު ގޮތާއި ނަދާލްއަށްފަހު އޭނާގެ
ދިރިއުޅުމަށް އައި ކޮންމެ ހަރުފަތެއް އިވާންއަށް ކިޔައިދިނެވެ. ނަދާލްއާއެކު
ހޭދަކުރި އުފާވެރި ދުވަސްތަކަށްފަހު ނަދާލް އެންމެންގެ ކުރިމަތީގައި އޭނާ
ބީރައްޓެއްސަކަށް ހަދައިލި ގޮތެވެ. ނަދާލް އިޒްކާއާއެކު އޮތް ގުޅުން އޭނާއަށް
ސިއްރުކުރި ގޮތާއި މައިޝާންއާ ކައިވެނިކުރަން އޭނާއަށް ޖެހުނު ސަބަބެވެ.
އެއަށްފަހު ނަދާލް އޭނާއާ ދޭތެރޭ ބެހެއްޓި އޯގާތެރިކަމާއި ދެވަނަ ފަހަރަށް އޭނާގެ
ހިތް ނަދާލްގެ މައްޗަށް ލެނބިގެންދިޔަ ގޮތެވެ. 
"އޯލް
ހިޒް ވޯރޑްސް އެންޑް އެކްޝަންސް... އިޓް ފެލްޓް ސޯ ޓްރޫ އެންޑް ޖެނުއިން. ކާކު
ހީކުރާނީ ކައިވެންޏަކާ މިހާ ގާތްވިއިރު މިވަރުގެ ބޮޑުކަމެއް ކޮށްފަ އަހަރެންނަށް
ފޮރުވާފަ އޮވެދާނެކަމަށް؟"  
އައިލީންގެ
ހިތަށް ވަނީ ނުހަނު އަސަރުކޮށްފަ އެވެ. އެ ވާހަކަތައް އަޑު އަހަން އިން އިވާންގެ
ހިތަށްވެސްމެ އެވެ. އޭނާއަށް ނޭނގި އޭނާއާ ދުރުގައި އޭނާގެ ކުޑަކުޑަ އައިލީން
ލައްކަ ކަންކަން ތަހައްމަލު ކޮށްފިތާ އެވެ؟ ފެންކަޅިވެފައިހުރެ އޭނާ އައިލީންގެ
ކޮނޑުގައި އެއް އަތް ވަށައިލަމުން އައިލީން އޭނާއާ ގާތަށް ގެނަ އެވެ. އައިލީންގެ
ލޮލުގައިވާ ހުރިހާ ކަރުނައެއް އޭނާގެ ކޮނޑަށް ހުސްކޮށްލާށޭ ބުނާ ފަދައިންނެވެ.
އޭނާ އައިލީންގެ ގައިން ދޫކޮށްލީ ގޭގެ ދޮރުގައި މީހަކު ޓަކިދޭން ފެށުމުންނެވެ.
ދެލޯ ފޮހެލާފައިގޮސް ދޮރު ހުޅުވައިލިއިރު ބޭރުގައި ހުރީ ޝާވިން އެވެ. 
"ހަބަރެއް
ނުވީމަ. ލީން ކިހިނެއް މިހާރު؟ ރަނގަޅުތަ؟" ޝާވިންގެ
އަޑުން ކަންބޮޑުވުން ފާޅުވި އެވެ. އިވާން ދޮރު ލައްޕައިލުމަށްފަހު ޝާވިން ގާތަށް
ސިޑި މައްޗަށް  ނުކުތެވެ. 
"ޝޯން..
ލީން ދެން ނުދާނެ އެގެއަކަށް.. ދާކަހަލަ ގޮތަކަށް ނޫން ވާހަކަ ދައްކަނީ. އެކަމަކު
އަހަރެންނަކަށް ނެތް މިތާކުވެސް ލީން ބެހެއްޓޭކަށް. މިއީ އައުޒަމްވެސް އުޅެން ހުރި
ތަންކޮޅަކީ. އަހަރެންވެސް މިތާނގަ މި ހުންނަނީ އޭނަގެ ހެޔޮކަމުން. ލީން މިތާ
ބަހައްޓައިދޭން ބުނާކަށް ނުކެރޭނެ. އެހެންނޫނަސް މުއީ ލީންއަށްވެސް އެންމެ
ކޮމްފޯރޓަބަލް ތަނަކަށްވެސް ނުވާނެ" އިވާން އޭނާގެ ކަންބޮޑުވުންތައް ޝާވިންއާ
ހިއްސާކުރި އެވެ. 
"ދެން
ކިހިނެއް ހަދަން ތި ވިސްނަނީ؟ އިވާން ބޭނުމިއްޔާ ލީންއަށް
ކޮޓަރިއެއް ހިފައިދެވިދާނެ. ފައިސާގެ ކަމަކާ ހާސްވާނެ ކަމެއް ނެތް އަހަރެން
ހަމަޖައްސާލަ ދޭނަން" ޝާވިން ބުންޏެވެ. 
"ތޭންކްސް
މޭން. ފަހުން ތިކަހަލަ ގޮތެއް ހެދިދާނެ. އެކަމަކު މިރޭ ލީން އެކަނި ދޫކޮށްލާކަށް
އަހަރެންނަކަށް ނުކެރޭނެ. އަސްލު އެބައޮތް ގޮތެއް" އިވާން ވިސްނައިލީ
އޭނާއަށް އެ ކުރެވޭ ހިޔާލަކީ ހަމަ އެންމެ ރަނގަޅު ހިޔާލުކަމާ މެދުގަ އެވެ.
ޝާވިންއަށް އިވާންގެ މޫނުމަތިން އެ ފިކުރުތައް ފެނި ބުމަ އަރުވައިލި އެވެ. 
"މަންމަ"
އިވާން ބުނަން ނުބުނަން ހުރެފައި ބުންޏެވެ. 
"ޔަގީންތަ؟" ޝާވިން
އަހައިލި އެވެ. 
"ހްމްމް.
އަހަރެންނާ މަންމައާ ދޭތެރޭ ޖެހިފަ އޮންނަ މައްސަލައަކީ މަންމަގެ ފިރިމީހާދެކެ
އަހަރެން ހިތްހަމަ ނުޖެހޭތީ ޖެހިފަ އޮންނަ މައްސަލައެއް. އެކަމަކު މަންމަ
ލީންއަކަށް ގޯހެއް ނުވާނެ. އަނެއްކާ އެގޭގަ ހުންނާނެ އީވީވެސް. ޝޯންއަށް
އެނގެއެއްނު ލީންގެ ގޮތް. ލީން ހިތްހަމަ ޖެހޭނެ ވާހަކަދައްކާލާ، ސަކަރާތް ޖަހާލާނެ
ކުޑަކުއްޖަކު ހުއްޓަސް" އިވާންއަށް ފެންނަ ގޮތް ހިއްސާކުރި އެވެ.
"ދެން
ތި ނޫން ގޮތެއް ނެތްތާ ދޯ؟" ޝާވިންވެސް އެންމެފަހުން އިވާންގެ ވާހަކައާ
އެއްބަސްވެ ބޯ ޖަހައިލި އެވެ.
"ބްރޯ
މަޑުކޮށްލަބަ ލީންގާތު.. އަހަރެން އެބަޖެހޭ މަންމައަށް ގުޅާލާފަ އަންގާލަން"
އިވާން ބުންޏެވެ.
ޝާވިން
އެތެރެއަށް ވަދެ ދޮރު ލައްޕައިލުމާއެކު އިވާން ފޯނު ނަގައި ނިސްރީންގެ ނަންބަރަށް
ގުޅައިލި އެވެ. ދެތިން މިނަޓުވަންދެން ނިސްރީނާ ވާހަކަ ދައްކައިލުމަށްފަހު
ހުރިހާކަމެއް ހަމަޖެހުމުން އޭނާ އައިލީން ބަލައި އެޕާރޓްމެންޓަށް ވަނެވެ. އޭރު
ޝާވިންއާއި އައިލީން ތިބީ ވާހަކައެއްގައި ޖެހިފަ އެވެ. އައިލީން ހެއްވައިލުމަށްޓަކައި
ޝާވިންގެ ފޯނުން ކޮންމެވެސް އެއްޗެއް ދައްކަމުން ދިޔައިރު އޭނާއަށް އެކަން
ކާމިޔާބު ވަމުންދާކަން ފެންނަނީ އައިލީންގެ މޫނުމަތީގައިވި ހިތްހަމަ ޖެހުމުންނެވެ. 
"ހާދަ
ނުފެންނަ މަންޒަރެކޭ މިއީ" އިވާން ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އެހެން
ބުނެލުމާއެކު ޝާވިންއާއި އައިލީން އެކުއެކީގައި "ކިހިނެއްވީ" ހޭ
އަހައިލި އެވެ.
"ދެން
މާ އެކުވެރިކޮށް އުޅޭތީ ދޯ؟ ކުރިން ތި ދެމީހުން
އެއްތަންވިއްޔާ ހީވާނީ އެތަނެއްގަ ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެހެންވިއްޔަ"
އިވާން ސަމާސާ ރާގެއްގައި ބުނެލި އެވެ.
"ނުފެނޭތަ؟ އެއިނީނު
ލީން ބޯ މަތީގަ ހުދު ދިދަ ނަގާފަ. ލީން ބަލި ގަބޫލުކުރީއޭ ދޯ؟"
ޝާވިންވެސް އިވާންގެ ސަމާސާގައި ބައިވެރިވި އެވެ.
"ހޫން
ހޫން ދެން މައްސަލައެއް ނެތޭ. ލީން.. ރެޑީއިއްޔާ ހިނގާ ދާން" އިވާން ބުނެލި
އެވެ. 
"ކޮންތާކަށް؟" އައިލީންގެ
ދެ ބުމަ ގޮށްޖެހިލި އެވެ. "ލީން ބޭނުމީ އިވާންބެގާތު ހުންނަން. ޕްލީޒް" 
"ލީން..
ދެން މިތާކު މަޑެއް ނުކުރެވޭނެއެއްނު. މިއީ އަހަރެން އެކަނި އުޅޭ ތަނެއް ނޫން.
އަހަރެންގެ އަމިއްލަ ތަނެއްވެސް ނޫން. އެހެންނޫނަސް މިސްޓަރ އީގޯއަށް އަހަރެން
ލީން ގެންގުޅެނީ މި ފެންވަރުގެ ތާކުކަން އެނގުނިއްޔާ އަނެއްފަހަރު އަހަރެންގެ
ބޮލުގަ ތުހުމަތެއް އަޅުވާފަ ގޮޅިއަށް ކަންނޭނގެ ލާނީ" އިވާން ހިނިގަނޑެއް
ޖަހައިލި އެވެ. 
"އޭނަގެ
ވާހަކަ ނުދައްކާ! އޭނަގެ ނަންވެސް އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން"
އައިލީންއަކަށް އެ ސަމާސާ ކަމަކު ނުދިޔަ އެވެ.
"ނަމެއް
ނީއްވަމެއްނު. ދެން އަވަސް ކޮށްލަމާ.. ލީން ދާ ވާހަކަ ބުނީމަ މަންމަ ބަދިގެއަށް
ވަދެއްޖެ ކައްކަން. ކާ އެއްޗެހި ހޫނުކަން ނުކެނޑެނީސް ލައްވާލާ ވަރަށް ދާންވާނެ
އެއްނު. ހުޅުމާލެއަށް ދާން ޖެހޭނީވެސް" އިވާން ބުންޏެވެ.
ތިން
މީހުންނަށް އެ ގެއިން ނުކުމެ ޓެކްސީއަކަށް އަރައިގެން ހުޅުމާލެއާ ހަމައަށް
ދެވުނުއިރު މެންދަމު ބާރަ ޖަހަނީ އެވެ. އެ ދަން ގަޑީގައިވެސް ނިސްރީން ވަނީ ވަރަށް
ފުރިހަމައަށް މެހެމާންދާރީގެ ކަންކަން އިންތިޒާމު ކޮށްފަ އެވެ. އައިލީން
ފެނުމާއެކު އުފަލުން ގެނެސް ކާމޭޒު ކައިރީގައި ބޭންދުމަށްފަހު ތަށްޓަކަށް ނޫޑްލްސް
އަޅައި ދިނެވެ.
"ޝާވިންވެސް އެބަ ހުރިން ދޯ؟ ހާދަ އުފާވެއްޖެއޭ ހުރިހާ
ކުދިންނާ ދިމާވީމަ. މާޝާﷲ ލީން ހާދަ ރީއްޗޭ ދޯ މިހާރު؟" އައިލީންގެ
ދަތްދޮޅީގައި ހިފައިލަމުން ނިސްރީން ބުނެލި އެވެ. އޭނާއަށް އައިލީންގެ މޫނުމަތިން
ހިތާމައިގެ އަސަރު ފެނުނު ކަމުގައިވިޔަސް އިވާން އެކަމާ ގުޅިގެން ސުވާލުކުރުން
މަނާކޮށްފައި އޮތުމުން އެއްޗެކޭ ނުބުންޏެވެ.
"ދަ?
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ