އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސުވިފްޓާއި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިޔާ ޓްރެވިސް ކެލްސީ އަންނަ ހަފުތާގައި ނިއުޔޯކް ސިޓީގައި ކައިވެނިކުރަން އުޅޭ ކަމަށް، އެ ސިޓީން ދޫކޮށްފައިވާ ހުއްދަތަކާއި މަސްދަރުތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފި އެވެ.
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު އެއް މިއުޒީޝަން ކަމަށްވާ ޓެއިލާ އާއި، ތިން ފަހަރު ސުޕަ ބޯލް ކާމިޔާބުކޮށްފައިވާ ކެލްސީ އެންގޭޖްވިކަން އިއުލާންކުރީ މިދިޔަ އޮގަސްޓް މަހުގަ އެވެ. އޭގެ ފަހުން މި ދެމީހުން ކައިވެނިކުރާނެ ތަނަކާއި ތާރީހަކާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑެތި ބަހުސްތަކެއް ކުރެވިފަ އެވެ.
މިކަމާ ގުޅޭ މައުލޫމާތު އެނގޭ ތިން މީހަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ބުނީ، ޖުލައި ތިން ވަނަ ދުވަހު ބާއްވާ ހަރަކާތަކަށްޓަކައި، ޖުލައި ދެ ވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހުގެ މެންދުުރާ ހަމައަށް މެޑިސަން ސްކޮޔާ ގާޑަންގެ ވަށައިގެންވާ މަގުތައް ބަންދުކުރުމުގެ ހުއްދައަކަށް ނިއުޔޯކް ސިޓީގައި އެދިފައިވާ ކަމަށެވެ.
ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކެލްސީ ކުޅޭ ކެންސަސް ސިޓީ ޗީފްސް ޓީމުގެ ބައެއް ކުޅުންތެރިން ވަނީ ޖުލައި ތިން ވަނަ ދުވަހާ ދިމާކޮށް ޓައިމްސް ސްކޮޔާގައި ހުންނަ މެރިއޮޓް މާކީ ހޮޓަލުން ކޮޓަރިތައް ބުކްކޮށްފަ އެވެ.
ދެ މަސްދަރަކުން އެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޖުލައި ދެ ވަނަ ދުވަހު މެޑިސަން ސްކޮޔާ ގާޑަންގައި ގާތްގަނޑަކަށް 100 މީހުންގެ ކުޑަ ހަފުލާއެއް ބޭއްވުމަށް ވަނީ ރޭވިފަ އެވެ. އަދި ޖުލައި ތިން ވަނަ ދުވަހު 1،000 އެއްހާ މީހުންނާއެކު ބޮޑު ހަފުލާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ހަފުލާގައި ސްޓޭޖް ހަރަކާތްތަކެއް ފެނުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ ނޫހުން ބުނެ އެވެ.
ނިއުޔޯކްގެ މޭޔަރު ޒޮހްރާން މަމްދާނީ ވެސް ވަނީ ޓެއިލާގެ ކައިވެނި ވަރަށް އަވަހަށް އޮންނާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ. ފުޓްބޯޅަ ވޯލްޑް ކަޕާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭނާ ވަނީ މި ކައިވެނީގެ ވާހަކަ ފާހަގަކުރައްވާފަ އެވެ.
ޓެއިލާ އާއި ޓްރެވިސްގެ ކައިވެނީގެ ތައްޔާރީތައް ފެށިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ