މެދު ރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސް، އެ ސަރަހައްދަށް ކަނޑުވެސް ގަދަ!

މެދު ތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.
މިއަދު އިރުއޮއްސި 6:00 އިން މާދަމާ ހެނދުނު 8:00 ޖެހުމާއި ހަމައަށް ލަފަކޮށް ބުނެފައިވާގޮތުގައި، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، އިރުއުތުރާއި އިރުން، މެދުތެރޭގެ އަތޮޅު ތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި،  ކެރިގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައި ވެއެވެ.
އަދި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، އަދި އެހެން ހިސާބުތަކުގެ ކަނޑުތަކަށް އާދައިގެ ވަރަކަށް މަޑު ވާނެކަމަށްވެސް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ