ރައީސް މުހައްމަދު ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ކެންޑިޑޭސީ އާއި ގުޅިގެން 2013 ވަނަ އަހަރު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް މިއަދު އަލުން ރީޓްވީޓް ކުރައްވަމުންނެވެ.
މައުމޫން ހަމީދު ވިދާޅުވީ ނަޝީދުގެ ކެންޑިޑޭސީ އާއި ގުޅިގެން މިއަދުވެސް ދެންނެވޭނީ މީގެ ފަސް އަހަރު ކުރިންވެސް ދެންނެވި ވާހަކަ ކަމަށެވެ. އެއީ ރައީސް ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތް ހަދާފައިވަނީ އެއްވެސް ގާނޫނީ ހަމައަކުން ނޫން ކަމަށާއި، ޣައިރު ގާނޫނީ ބާރުތަކެއްގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.
ނަޝީދަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ގާނޫނީ ހަމައެއްނެތް: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ