ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޕްރައިމަރީގައި މޫސާ ނަސީރު ވާދަކުރައްވަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި މ.އަތޮޅު ކައުންސިލްގެ ރައީސް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު ވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށްޓަކައި ޕީޕީއެމް އޮފީހަށް ފޯމް ވެސް ހުށަހަޅުއްވާފައެވެ.
މޫސާ ނަސީރަކީ މ.އަތޮޅުގައި ހިމެނޭ ރަށް ރަށުގެ ޒުވާނުން ހިންގާ ހަރަކާތްތަކުގައި އެހީތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ޒުވާނުން ހިންގާ އެކިއެކި ކުޅިވަރު ހަރަކާތްތަކަށް އޭނާ އެހީތެރިވެވަޑައިގަންނަވާއިރު، މޫސާ ނަސީރަކީ ޒުވާނުންނާއިއެކު ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އިލެކްޝަންސް ކޮމިޝަންގައި ކުރިއަށްދާނެއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދި ކަމުގެ ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ