އަދުރޭ އާއި ޝުޖާއު ދޫކޮށްލަން ކޯޓުން އަމުރުކޮށްފި
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު އެ ބޭފުޅުން މުއްދަތު ޖަހަން ގެންނައުމުން މުއްދަތު މަޖިލީހުން އަދުރޭ އަދި ޝުޖާއު ދޫކޮށްލަން ދެންމެ އަމުރުކޮށްފައިވާކަމަށެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑު އުފުލައި ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށް އިއްޔެ މެންދުރު އެވެ. އެ ދެ ބޭފުޅުން ދޫނިދޫއަށް ގެންގޮސްފައިވަނީ ރެއެވެ.އިދިކޮޅުން މިދިއަ ބުރާސްފަތި ދުވަހަށް ފަހު ސިޔާސީ މަގުމަތީ ހަރަކާތް އިތުރުކޮށް ކޮންމެ ދުވަހަކު ވެސް ގެންދަނީ މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާތައް ކުރަމުންނެވެ. އަދި އަންނަ މާދަމާ މުޅި ރާއްޖޭގައި ފުޅާ މުޒާހަރާއެއް ކުރާނެ ކަމަށް އިދިކޮޅުން ދެ ޕާޓީން ވަނީ ބުނެފަ އެވެ.އިދިކޮޅުގެ މަގުމަތީ ހަރަކާްތް އިތުރު ކޮށްފައިވާއިރު މިހާރު ވަނީ އަނެއްކާ ވެސް މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތުތަކެއް ކަނޑައަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ