މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ އިހްތިފާލުގައި ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
MU STORE
MU STORE
Enterprise Development Industrial Pvt Ltd
މި އިހްތިފާލުގެ ތެރެއިން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވާއިރު، ރަސްމިއްޔާތު ނިންމާލާފައިވަނީ ގައުމީ ދިފާއީ ބާރުގެ ބޭންޑް ޕާޓީގައި ގައުމީ ސަލާމް ކުޅުމާއެކުގައެވެ.
ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަސް މިނިވަން ދުވަސްގެ ގޮތުގައި ފާހަގަކުރަނީ، އިނގިރޭސިންގެ އިސްތިއުމާރީ ހިމާޔަތުގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނު ތާރީހީ މުނާސަބަތުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ