އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ މެޑިކަލް ކޮލެޖްތަކަށް ވަނުމަށް ބޭއްވި އިމްތިހާނުގެ ކަރުދާސް ލީކުވި މައްސަލާގައި ޒުވާނުން ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.
އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެން ދެ މިލިއަނަށްވުރެ ގިނަ ދަރިވަރުނަށް އަލުން އިމްތިހާނު ދޭންޖެހުނު މައްސަލާގައި، "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްނަގައިގެން ޖޫން މަހުން ފެށިގެން ދިޔައީ ވަރުގަދައަށް މުޒާހަރާ ކުރަމުންނެވެ.
Enterprise Development Industrial Pvt Ltd
MU STORE
MU STORE
މި މުޒާހަރާތައް ނިއު ދިއްލީގެ އިތުރުން ވެސްޓް ބެންގާލް، ތެލަންގާނާ، ކަރްނާޓަކާ އަދި ޓަމިލްނާޑޫ ފަދަ ބޮޑެތި ސްޓޭޓްތަކަށް ފެތުރި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ސިޔާސީ ގޮތުން ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ އެވެ.
ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވިދާޅުވީ މުޅި ގައުމުގެ މަޝްރަހަށް ބަލައި، ގައުމީ މަސްލަހަތަށްޓަކައި އިސްތިއުފާގެ ސިޓީ ބޮޑުވަޒީރު މޯދީއަށް އަރުވާފައިވާނެ ކަމަށެވެ. އަދި ގައުމުގެ ޒުވާނުންގެ އިހުސާސްތަކާއި އުއްމީދުތަކަށް ފުރިހަމައަށް އިހުތިރާމްކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުމުރުން 57 އަހަރުގެ ޕްރަދާން އަކީ ބީޖޭޕީގެ އިސް ލީޑަރެކެވެ. އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މިނިސްޓްރީތައް ހިންގަވާފަ އެވެ. އެޑިއުކޭޝަން މިނިސްޓަރުގެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުއެވެ. 
މިނިސްޓަރުގެ އިސްތިއުފާގެ ހަބަރާއެކު މުޒާހަރާގެ ބައިވެރިން ވަނީ އުފާފާޅުކޮށް، ގުއުމީ ސަލާމް ކިޔައި، ފޮނިކާތަކެތި ބަހައިފަ އެވެ.
މި މުޒާހަރާތައް އިސްވެ ހިންގި ކްކްރޯޗް ޖަންތާ ޕާޓީގެ ބާނީ އަބީޖީތު ދިޕްކޭ ބުނީ، މިއީ ޒުވާނުންގެ ބާރު ދައްކުވައިދިން ކަމެއް ކަމަށާއި، އެމީހުން ބޭނުންވި މަގުސަދު ހާސިލުވެއްޖެ ކަމަށެވެ. ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ހަރަކާތްތައް ނިންމާލުމަށް އެއްބަސްވެފަ އެވެ.
މި ހަރަކާތަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރި އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ބުނީ، މިއީ ކެތްތެރިކަމާއި ސާބިތުކަމަށް ލިބުނު ނަސްރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ