ހުޅުދޫ އަދި މީދޫގައި އެއްބިލިއަން ރުފިޔާގެ މަޝްރޫއު އެބަހިނގާ- މެމްބަރު ޝާހިދު

އައްޑޫ ސިޓީ ހުޅުދޫއާއި މީދޫގައި މިސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަގު އެއްބިލިއަނަށްވުރެ، ގިނަ ރުފިޔާއަށް އަރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.ހުޅުދޫ އަދި މީދޫ ގެ ތަރައްގީއަށް މިސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއްޅުއްވްލައްވާ ޗެނަލް ތާޓީންއަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ ވޭދުވެދިޔަ އެއްވެސް ސަރުކާރަކުން ހުޅުދޫ އަދި މީދޫ ތަރައްގީކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކޮށްފައިނުވާކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނު ވެރިކަމަށް ވަޑައިގެން އައްޑޫސިޓީ ތަރައްގީ ކުރުމަށް މަސައްކަތް ފަށާފައިވާކަން އެސިޓީއަށް ޒިޔާރަތްކުރާ ކޮންމެ ރައްޔިތަކަށްވެސް ފެނިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީ ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅު ދިއްލާލަދިނީ ރައީސް ޔާމީނުކަމަށް ޝާހިދު ވިދާޅުވި. އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ ޒައާމަތުގައި ހުޅުދޫ އަދި މީދޫގެ ތަރައްގީކުރުމުގައި އެއްވެސް ވަރަކަށް ފަސްޖެހިވަޑައިގަންފައިނުވާކަމަށެވެ. އެގޮތުން މި ދެރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ އަގު އެއްބިލިއަން ރުފިޔާއާއި ގާތްކުރާނެކަމަށް ޝާހިދު ވިދާޅުވިއެވެޝާހިދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން މިވީ ހަތަރު އަހަރު ދުވަސްތެރޭގައި ހުޅުދޫ އަދި މީދޫގައި ތަރައްގީގެ ބޮޑެތި މަޝްރޫއު ތަކެއް ފެށި ބައެއް މަޝްރޫއުތައް ނިމުކަމާއި ހަމަޔަށް ގޮސްފައިވާކަމަށެވެ.މިދެރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އިތުރަށް ތަފްސީލުކޮށްދެއްވަމުން މެމްބަރު ޝާހިދު ވިދާޅުވީ މިދެރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށްޓަކައި އަންނަ ހަފްތާގައި ބަޔަކާ ހަވާލުކުރެވިގެންދާނެކަމަށެވެ. އަދި މިދެރަށުގައި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރެވިފައިވާއިރު، ވޭތުވެދިޔަ ސަރުކާރުތަކުން ބޮޑެތި ހޭދަތަކެއް ކޮށް އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިނުވާ މީދޫގެ ނެރުކެނޑުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށް ދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ހުޅުދޫއާއި މީދޫގެ ރައްޔިތުންގެ އުއްމީދަކީ ރައީސް ޔާމީންކަމަށާއި، އެމަނިކުފާނު ދެހާސް އަށާރައިގެ އިންތިޚާބް ކާމިޔާބް ކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް މިދެރަށުގެ ރައްޔިތުން ތިބީ ތައްޔާރަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ