މޫސުން ގޯސްވުމާއި ގުޅިގެން އުރީދޫ ކަލަރ ރަން ފަސްކޮށްފި

މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަކުރަމުންދާތީ އުރީދޫއިން ބާއްވަން ހަމަޖެއްސި ކަލަރ ރަން ފަސްކޮށްފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.އުރީދޫއިން ބުނީ އުރީދޫ ކަލަރ ރަންގެ ގިނަބަޔަކު ދުވުމަށްޓަކައި ހުޅުމާލެއަށް ދަތުރު ކުރަންޖެހޭތީ ނުރައްކާތެރިހާލަތެއް ދިމާވުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި މި ދުވުން އެހެންތާރީޚަކަށް ފަސްކުރެވިފައިވާކަމަށެވެ. އަދި މި މިފަދަ ދުވުމެއް ބޭއްވުމަށް އެންމެ މުނާސަބު ވަގުތު ނޫންކަމަށް ދެކޭކަމަށް އެކުންފުނިން ކުރި އިއުލާންގައި ބުނެފައިވެއެވެ. އެހެންކަމުން އުރީދޫ ކަލަރ ރަން ދެން ބާއްވާނެ ތާރީޚެއް އަވަސް މުއްދަތެއްގެ ތެރޭގައި އިއުލާން ކުރަނެކަމަށާއި އެކުންފުނިން މަސައްކަތް ކުރަމުންދަނީ ކުލަގަދަކޮށް ވީހާވެސް އަވަހަށް މި ދުވުން ބޭއްވުމަށް ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ