ގާޒީ ހައިލަމް ސަސްޕެންޑު ކުރަން އެމްޑީޕީ މެމްބަރުން ގޮވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑު ކުރުމަށް ރައްޔިތުންގެ މަޖްލީހުގައި އެމްޑީޕީ މެމްބަރުން ގޮވާލައިފިއެވެ.ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރަށްތަކުން ރުއްގަސް ނަގައިގެން ގެންދާތީ އެކަމާއި ގުޅޭ ގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުންތައް ވަނީ ހައިލަމް ސަސްޕެންޑު ކުރުމަށް ގޮވާލާފައެވެ.ހައިލަމް ސަސްޕެންޑު ކުރަން ގޮވާލާފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ގޮތުގައި ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ސޯލިހް އާއި، ރައީސް ނަޝީދު އަދި ނޮވެމްބަރު 3 ގެ ބާޢީންގެ ކަރުގައި ޗޭނު އަޅުވައިގެން ގެންދާ ތަނުގެ ފޮޓޯ އެއް ހިއްސާ ކުރެއްވުމުންނެވެ. ރުއްގަސް ނެގުމުގެ މައްސަލަ ހުއްޓޭނީވެސް އިންސާފުވެރި ފަނޑިޔާރުން ތިބެގެން ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. އަދި ފަނޑިޔާރަކު އެހާ ދަށުދަރަޖައިގެ ކަމެއް ކުރުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެ ކަމަށް ގިނަ މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން މިއަދު ގެ މަޖްލީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި، ނަސްރުގެ ދުވަހުގައި ހައިލަމް މި ފޮނުވި މެސެޖުން ދޭހަވަނީ ހައިލަމް ނަސްރު ދެއްވަން ބޭނުންފުޅުވަނީ ކުރީގެ ރައީސް ޔާމީނަށް ކަމަށެވެ. އަދި މާދަމާ ބާއްވަން ހަމަޖެހިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ޝަރީއަތުގައި ކުރާ ހުކުމުން ރައީސް ސޯލިހުގެ ކަރުގައި ޗޭނެއް ޖަހާނެ ކަމުގެ މެސެޖު ކަމަށެވެ.ޖުޑިޝަލް ސާވިސް ކޮމިޝަނުން މިހާރު ވަނީ މި މެސެޖާއި ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައެވެ. 
މިލިޔުން ކިޔާލުމުން
50 %
އުފާވި
0 %
ދެރަވި
50 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ