އަނިޔާޥެރި އަދި ޖާހިލު ބައެއްގެ ތަފްސީލް ވަރަށް އަވަހަށް އަންނާނެ ކަމަށް ޖުވެނައިލް ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އެވެ.
ބާރީ ވިދާޅުވީ ހަމަކަށަވަރުން އެމީހުންނަނީ އަނިޔާވެރި ޖާހިލު ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ކޮން ބައެއް ކަމާއި އެމީހުންގެ އަނިޔާވެރި ކަމާއ ޖާހިލު ކަމުގެ ވާހަކަ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.
“ހަމަކަށަވަރުން އެބައި މީހުންނަކީ އަނިޔާވެރި ޖާހިލު ބައެއް. ކޮން ބައެއް ކަމާއި އެ މީހުންގެ އަނިޔާވެރިކަމާއި ޖާހިލު ކަމުގެ ތަފްސީލު އަންނަނީ،” ބާރީ ކުރައްވާފައިވާ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
އެކަމަކު ބާރީ މިހެން ވިދާޅުވެފައިމިވަނީ ކޮން ބަޔަކަށް ނިސްބަތް ކުރައްވާ ކަމެއް ނޭނގެ އެވެ އަދި ބުނެފައެއްވެސް ނެތެވެ.
ގާޒީ ބާރީ ކުއްލިގޮތަކަށް ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ރެ އެވެ. އެކަމަކު އޭގެ ކުރިން ވަނީ ސިޔާސީ ބައެއް ބޭފުޅުންނަށް ބޮޑެތި ހުކުމް ތަކެއް އިއްވާފަ އެވެ.
އަނިޔާވެރި ބައެއްގެ ތަފްސީލް އާންމު ވަނީ: ގާޒީ ބާރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ