މޫސުމާބެހޭ ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މޫސުން ވެގެންދާނީ މޫސުމީ ގޮތުން އާދައިގެ ހުޅަނގު މޫސުމަކަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އާންމުގޮތެއްގައި ވެސް ރާއްޖެއަށް ހުޅަނގު މޫސުން ފެށެނީ މޭމަހުގެ މެދެއްހާ ތާނގައި ކަމަށާއި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާތީ ކުރިއަށް އޮތް ފަސް ދުވަހުވެސް ހުޅަނގުމޫސުމުގެ ވިއްސާރަ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައިވަނީ މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށާއި އިއްޔެ ހެނދުނުން ފެށިގެން މިއަދުގެ ހެނދުނު 8:00 އާއި ހަމަޔަށް އައްޑޫ ސިޓީ ގަމަށާއި ގދ. ކާޑެއްދުއަށް ބޯކޮށް ވާރޭ ވެހިފައިވާ ކަމަށެވެ. އެގޮތުން ގަމަށް 77 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ކާޑެއްދުއަށް 53 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެތީވެ ދަތުރު ފަތުރު ކުރާ ފަރާތްތަކުން މިދުވަސްވަރު މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މިއަހަރުގެ މޫސުން ވެގެންދާނީ އާދައިގެ ހުޅަނގު މޫސުމަކަށް: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ