ދިރާގު 'އީދު ބޮލަށް ގޮން': 2 ޑީޖޭއައި ޑްރޯން ހޯދުމުގެ ފުރުސަތު

ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން 'އީދު ބޮލަށް ގޮން'ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 11ގެ ނިޔަލަށް ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:
ދިރާގު އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައިވާ ގިވްއަވޭގެ ހާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި 'އީދު ބޮލަށް ގޮން' ޖަހަން ބޭނުންވާ ރައްޓެހިން ޓެގްކުރުން 
ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކު ވެސް ޓެގް ކުރެވޭނެ
ކޮންމެ ޓެގަކާ އެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ
ތަފްސީލް - 'އީދު ބޮލަށް ގޮން'ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީޑްރޯ މެދުވެރިކޮށް 3 ނަސީބުވެރިއެއް ހޮވާނެ އެވެ. 
އެ ނަސީބުވެރިންނަށް އަދި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅާފައިވާ އިނާމުތަކަކީ:
ފުރަތަމަ އިނާމު: 2 ޑީޖޭއައި ޑްރޯން
ދެވަނަ އިނާމު: 2 އެޕަލް އެއާޕޮޑްސް (ތާޑް ޖެނެރޭޝަން)
ތިންވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ