އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިޔަ މީހަކު މަރުވި މައްސަލަައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު 06:00 ހާއިރު ކަމަށެވެ.
އެ މީހާ މަރުވެފައިވާ މައްސަލަ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓު ކުރީ 08:28 ހާއިރު އެވެ. މި މަރާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައި ނުވާތީ އެ މީހާއަށް އެއްވެސް ޒަހަމެއް ލިބިފައި ހުރިކަން ކަށަވަރެއް ނުކުރެވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ