އެކްސިޑެންޓް ހިނގީ ގަމު ލިންކު ރޯޑްގައި އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ކާރެއް ޖެހި މިރޭ އިރުއޮއްސި 7:03 ހާއިރު އެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުަންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ. ސައިކަލު ދުއްވަން އިނީ އުމުރުން 44 އަހަރުގެ ދިވެހި ފިިރިހެނެކެވެ. އޭނާގެ ކަނައަތު ފައިގެ ދެ ތަނަކުން ވަނީ ބިންދައިގެން ގޮސްފަ އެވެ. އަދި ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވެ އެވެ.
ސައިކަލު ފަހަތުގައި އިން 44 އަހަރުގެ މީހާގެ ބޯ ދެ ތަނަކުން ފަޅައިގެން ދިޔަ އެވެ. އަދި ކަނައަތު ފައިގެ ދެ ތަނަކުން ވަނީ ބިނދިފަ އެވެ.
އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާއެއް ނުވެ އެވެ. އެއީ 62 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
އެކްސިޑެންޓްވެ ސައިކަލާއި ކާރަށް ވެސް އެކިވަރުގެ ގެއްލުންވި އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ފައިބިންދައިގެން ގޮސް ބޯ ފެޅި ވަރަށް އަނިޔާވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ