ވަގުތީ ކަރަންޓް ދޭން ތިނަދުއަށް ދެ ޖަނަރޭޓަރު ގެނެސްފި
މިދިޔަ އަންގާރަ ވިލޭރޭ ދަންވަރު ގދ. ތިނަދޫ އިންޖީނުގެ އަނދައި ހުލިވުމުން، ވަގުތީ ގޮތުން މި ރަށަށް ކަރަންޓް ދޭން ފެނަކަ ކޯޕަރޭޝަނުން އެއް މެގަވޮޓްގެ ދެ އިންޖީނު މިއަދު ހެނދުނު ގެނެސްފި އެވެ. އެސްޓީއޯގެ ކޮޅުވެއްޓިއެއްގައި ހެނދުނު 7:30 ހާއިރު ގެނައި ދެ އިންޖީނު ބޭލުމުގެ މަސައްކަތް ފެނަކައިގެ ތިނަދޫ އޮފީހުން ކުރަމުން އެބަގެންދެ އެވެ. ނަމަވެސް ދިޔަވަރު ހިކިފައި އޮތުމުން ކޮޅުވެއްޓިން ބޭލުމަށް ދަތިތަކަކާ ވަނީ ކުރިމަތިވެފަ އެވެ. މިހާރު ލަފާކުރަނީ އެ ދެ އިންޖީނު ރަށަށް ބޭލޭވަރުވާނީ މެންދުރުފަހު އެވެ. ތިނަދޫއަށް ވަގުތީ ގޮތުން ކަރަންޓް ދިނުމަށް ގެނައި ދެ ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް މިއަދު ހެނދުނު ކުރަނީ. ހަވީރު ފޮޓޯ: ނިޝާން އަލީ ފެނަކަ ކޯޕަރޭޝަނުގެ ތިނަދޫ އޮފީހުގެ އިންޖިނިއަރަކު ބުނީ މި ރަށަށް ގެނައި ދެ އިންޖީނު ބާލައިގެން ގެންދިއުމަށް ހަމަޖަހިފައި ވަނީ އިންޖީނުގެ އަށް ކަމަށެވެ. އަދި އެތަނުގެ ގޯތި ތެރޭގައި ބަހައްޓައިގެން ކަރަންޓް ގްރިޑާ ގުޅާލުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ. "އަޅުގަނޑުމެން މިދަނީ ކަރަންޓް ދޫކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން. އިންޖީނު ގޯތިތެރެއަށް ވައްދާތާ ހައެއްކަ ގަޑިއިރުގެ ތެރޭގައި ކަރަންޓް ދެވޭނެ. މިހާރު ވެސް އިންޖީނު ބޭލިއްޖެ ނަމަ އިރު އޮއްސުމުގެ ކުރިން ކަރަންޓް ދޫކުރެވިދާނެ،" އެ އިންޖިނިއަރު ބުންޏެވެ. ތިނަދޫއަށް ވަގުތީ ގޮތުން ކަރަންޓް ދިނުމަށް ގެނައި ދެ ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް މިއަދު ހެނދުނު ކުރަނީ. ހަވީރު ފޮޓޯ: ނިޝާން އަލީ މި ރަށަށް ގެނައި ދެ އިންޖީނަކީ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ދިން އެއް މެގަވޮޓްގެ ދެ ޖަނަރޭޓަރެވެ. މީގެ ތެރެއިން އެއް ޖަނަރޭޓަރަކީ ޕެނަލް ބޯޑާއި ޓްރާންސްފޯމަރަކާއެކު ކޮންޓެއިނަރެއްގައި ހުރި 27 ޓަނުގެ ޖަނަރޭޓަރު ސެޓެކެވެ. އާބާދީގައި ދިހަ ހާހަށް ވުރެ ގިނަ މީހުން ހިމެނޭ ރަށުގައި ކަރަންޓް ކަނޑައިގެން ދިއުމުން ގިނަ ގޭގޭގެ މީހުން ނިދީ ކަނު އަނދީރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ