ރާއްޖެ ސަރަހައްދަށް ވަދެ އުޅުނީ އިރާންގެ ބޯޓުތަކެއް، ގަވައިދާ ޚިލާފު އެއްޗެއް ނުފެނޭ

އިއްޔެ ރާއްޖޭގެ ސަރަހައްދަށް ވަދެއުޅުނު ބޯޓުތައް ހިފަހައްޓައި، ޗެކްކުރިއިރު ގަވާއިދާއި ޚިލާފް އެއްޗެއް ފެނިފައިނުވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
ކޯސްޓްގާޑާއި ފުލުހުން ގުޅިގެން އެ އުޅަނދުތައް ބަލައި ފާސްކުރިއިރު، ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އެއްޗެއް އެ އުޅަނދުތަކުން ފެނިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މި އުޅަނދުތަކަކީ އިރާނަށް ނިސްބަތްވާ ބޯޓުތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން އިތުރަށް ފާހަގަކުރި ގޮތުގައި، މި އުޅަނދުތައް ދަތުރުކުރި ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެކެވެ. އެހެން ނަމަވެސް، މި އުޅަނދުތަކާއި މެދު އަމަލުކުރި ގޮތެއް އެމްއެންޑީއެފް އިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ