ދީނީ ހައްދު ފަހަނައެޅުންތަކާ ދެކޮޅު ކޮންފަރެންސަށް މައުމޫން މިސްރަށް
ދީނީ ހައްދު ފަހަނައެޅުންތަކާ ދެކޮޅަށް މިސްރުގައި ބާއްވާ ބައިނަލްއަގްވާމީ ފަތުވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ. މައުމޫންގެ އޮފީހުން ބުނިގޮތުގައި އެ މަނިކުފާނު ފަތުވާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ މިސްރުގެ މުފްތީ ޑރ. ޝައުގީ އިބްރާހީމް އައްލާމްގެ ދައުވަތަކަށެވެ. އަންނަ ހޯމަ އަދި އަންގާރަ ދުވަހު ގާހިރާގައި ބާއްވާ ފަތުވާ ކޮންފަރެންސްގައި 50 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާއިރު، އެ ކޮންފަރެންސްގައި މައުމޫން ތަގުރީރު ކުރައްވާނެ އެވެ. މައުމޫންގެ މި ދަތުރުފުޅުގައި، މިސްރުގެ ރައީސް އަބްދުލްފައްތާހު އައްސީސީގެ އަރިހަށް އަންގާރަ ދުވަހު އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާނެ ކަމަށް މައުމޫންގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ