ހިޔާ މަޝްރޫއުގެ ފުލެޓްތަކަށް ފައިސާ ހޯދަން އެއްވެސް ފަރާތަކަށް ނުގުޅާނެ- ހައުސިންގ މިނިސްޓްރީ
ހިޔާ މަޝްރޫއުގެ ފުލެޓްތަކަށް ފައިސާ ހޯދަން ހައުސިން މިނިސްޓްރީން އެއްވެސް ފަރާތަކަށް ނުގުޅާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހޮވިފައިވާ ފަރާތްތަކަށް ފައިސާ ހޯދުމަށް އެ މިނިސްޓްރީގެ ނަމުގައި ގުޅުއްވަމުން ގެންދަވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.ނަމަވެސް ފައިސާ ހޯދުމުގެ ނަމުގައި ފުލެޓް ލިބުނު ފަރާތްތަކަށް އެ މިނިސްޓްރީން ނުގުޅާނެ ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ރަސްމީ ލިޔުމެއް ފުލެޓް ލިބިފައިވާ ފަރާތަށް ހަވާލު ކުރުމާއި، ފުލެޓް ލިބުނުކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭ ހިސާބުން ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް އެ މިނިސްޓްރީން އެ ފަރާތަކާދެމެދު ނުފަށާނެ ކަމަށް އެ ބަޔާނުގައިވެއެވެ.ހައުސިންގ މިނިސްޓްރީން ވިދާޅުވީ އެ މިނިސްޓްރީން ފައިސާ ބަލައިގަތުމުގެ އެއްވެސް މަސައްކަތެއް މިވަގުތު ކުރިއަށް ގެންދިއުމަށް ނިންމާފައި ނުވާ ކަމަށެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ބައެއް ފަރާތްތަކުން އެ މިނިސްޓްރީގެ ނަމުގައި އެފަދަ ފޯން ކޯލްތައް ކޮށް، ރައްޔިތުންނަށް އޮޅުވާލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ދަށުދަރަޖައިގެ އަމަލެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެހެން ކަމުން ރައްޔިތުން އެފަދަ ފޯން ކޯލް، އެސްއެމްއެސް އަދި އީމެއިލް ތަކަށް ސަމާލު ވުމަށް އެ ބަޔާނުގައި ހައުސިންގ މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ