އާ ހައުސިން މިނިސްޓަރަކަށް ފާރިސް މައުމޫން؟

ހައުސިން މިނިސްޓަރު އާތިފާ އިސްތިއުފާ ދެއްވާފައިވާއިރު އެ މަޤާމަށް ދެން ވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫން ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ތައްޔިބް ޝަހީމް ވިދާޅުވެއްޖެއެވެ.ތައްޔިބު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ނަމަވެސް ސަރުކާރުގެ އެހެން ފަރާތަކުން މި ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ތައްޔިބަކީ ސަރުކާރުގެ މިފަދަ ބައެއް މައުލޫމާތުތައް ބައެއް ފަހަރު ޓުވީޓު ކުރައްވާ ބޭފުޅެކެވެ. Breaking: according to info Faarish Maumoon is tobe New Housing Minister @anedhivehirajje— Thayyib (@thayyib) June 10, 2020ހައުސިން މިނިސްޓަރު އާތިފާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ އެކަމަނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ދަތިތަކެއް ހުރުމުން ކަމަށް މައުލޫމާތު ލިބެއެވެ. މިނިސްޓަރު އާތިފާ އެ މަޤާމަށް ވަޑައިގެންނެވި ރައީސް މައުމޫންގެ ޕާޓީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ.އެމްއާރުއެމްގެ ސްލޮޓުގައި މިހާރުވެސް 4 ވަޒީރަކު ތިއްބަވައެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ހިމެނިވަޑައިގަންނަވައެވެ. 
މިލިޔުން ކިޔާލުމުން
57 %
އުފާވި
14 %
ދެރަވި
14 %
ރުޅިއައި
14 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ