މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކޮށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ވައިޓް އެލާޓެއް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ، މިއެލާޓް ނެރުނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދަށެވެ. އަދި އެލާޓް ނެރިފައި ވަނީ މިއަދު މެންދުރު 11:45 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތައް ބަލާއިރު އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ބުނީ، މިއަދު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ