ތައުލީމީ ދާއިރާގެ އެއް އަހަރުގެ ކާމިޔާބީތަށް ހިމަނާފައިވާ ފޮތެއް ނެރެފި

ސަރުކާރުގެ ފުރަތަމަ އަހަރުގެ ތައުލީމީ ކާމިޔާބީތަށް ހިމަނާފައިވާ ފޮތެއް މިއަދު ނެރެފިއެވެ.
އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލޭގެ ސްކޫލުތަކުގެ ބައެއް ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިގެން ހިންގި ދަސްވާރު ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ޖަލްސާގައި އެ ފޮތް ނެރެދެއްވީ ރައީސް އަބްދުﷲ ޔާމިންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެވެ. ދަސްވާރު ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
“ތަހުޒީބު މުޖުތަމައަކަށް ތަރުބަވީ ތައުލީމް” މި ނަމުގައި މިއަދު ނެރުން އެފޮތް ވަނީ ފާތިމަތު އިބްރާހިމަށް ވެދުމަށް އަރުވާފައެވެ. ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން މިއަހަރުގެ ތެރޭގައި ތަންފީޒު ކުރެވިފައިވާ ހަތް ސިޔާސަތެއްގެ މައްޗަށް އެ ފޮތުގައި ވަނީ އަލި އަޅުވާލާފައެވެ. ދަސްވާރު ޕްރޮގްރާމްގެ ފުރަތަމަ ބެޗު ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް މިއަދު ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ އަލީ ނަސީރު
އެއްވެސް ކުއްޖަކު ބާކީ ނުކޮށް ހަމަ ހަމަ ފުރުސަތު ތަކެއް ހޯދައި ދިނުމަށް، އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، އެމިނިސްޓްރީން ހިންގި ދަސްވާރު ޕްރޮގްރާމުގައި ބައިވެރިވެ 86 ކުއްޖަކު މިއަދު ވަނީ ދަސްވެނިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ