ސާމްޕާ ސަރަހައްދަށް ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުމަށް އިތުރު ފުރުސަތެއް
ރާއްޖޭގައި ހިމާޔަތްކޮށްފައި ކަނޑުގެ ސަރަހައްދެއް ކަމުގައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (ސަމްޕާ) އަށް ވަންނަ އުޅަނދުފަހަރުގައި މި މަހުގެ ނިޔަލަށް ޕްރޮޕެލާ ގާޑު ނުވަތަ ބުރަފަތީގައި ގާޑުއެޅުވުމަށް އިތުރު ފުރުސަތެއް ދީފިއެވެ. ސަމްޕާ ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކުރަން ނިންމައި، އެކަން ސަރުކާރުން އިއުލާނުކުރީ ނިމުނު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައެވެ. https://sun.mv/223375 އެންވަޔަރަމެންޓް ރެގިއުލޭޝަން އޮތޯރެޓީ (އީއާރްއޭ)އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ފެހުރިހި ހިމާޔަތްކުރުމަށް ހަދާފައިވާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގައި މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބުރަފަތީގައި ގާޑުއަޅުވަން ޖެެހޭ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެ ސަރަހައްދަށް ވަނުމަށް ރަޖިސްޓްރީ ކޮށްދެވޭނީ ގާޑު އެޅުވުމަށްފަހު ހުށަހަޅާ އެޕްލިކޭޝަންތައް އެކަނި ކަމަށް އީއާރްއޭއިން ވަނީ ބުނެފައެވެ. https://x.com/ERA_Maldives/status/2070737015692534093 ނަމަވެސް މި މަހުގެ 30ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އެ މުއްދަތުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ބުރަފަތީގައި ގާޑު އެޅުވުމަށް އިތުރު މުއަދަތެއް ދެވޭނެ ކަމަށް އީއާރްއޭގެ ބަޔާނުގައިވެއެވެ. އީއާރްއޭއިން ވަނީ އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އެ އޮތޯރެޓީއިން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ