މިއަދު މެންދުރު މާލޭ އިންޓަނެޝަނަލް އެއާޕޯޓުގައި ޖައްސަން އައި އެއާ އިންޑިއާގެ ފްލައިޓަކާއި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް މޫސުން ގޯސްވުމުގެ ސަބަބުން ޑައިވާޓް ކޮށްފި އެވެ.
ހަވީރު އަށް އެނގިފައިވާ ގޮތުގައި މެންދުރު 05: 12 ގައި ޖައްސަން އޮތް ޔޫއެލް 510 ފްލައިޓް އެނބުރި ދިޔައީ ކޮލަމްބޯ އަށެވެ. މެންދުރު 10: 12 ގައި ޖައްސަން އޮތް އޭއައި 263 ފްލައިޓް އެނބުރި ދިޔައީ އިންޑިޔާ އަށެވެ.
"ދެ ފްލައިޓް ވެސް ޖައްސަން އައި ގަޑީގައި މޫސުން ގޯސްވީމަ ޑައިވާޓް ކުރީ،" އޮފިޝަލަކު ވިދާޅުވި އެވެ.
މެންދުރު 00: 12 ހާއިރު އައި ކެރިގަނޑާއެކު ވައި ބާރުވިނަމަވެސް، މިއަދު މާލެ އަށް ވައި ޖެހިފައިވަނީ އާދައިގެ ވަރަކަށެވެ. އެއާޕޯޓް ވެބްސައިޓުގައިވާ ގޮތުން މިއަދު ވައި ޖެހެނީ ހުޅަނގު އުތުރުން ގަޑިއަކު 26 ކިލޯމީޓަރު ބާރުމިނުގަ އެވެ.
ޑިޕާޓްމަންޓު އޮފް މީޓިއޮރޮލޮޖީން ބުނާ ގޮތުގައި ކޮޅިގަނޑުގައި ވެސް އެންމެ ބާރަށް މިއަދު ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ 30 ނޮޓްސްގެ ބާރުމިނުގަ އެވެ.
އިންޓަނެޝަނަލް ދެ ފްލައިޓް ޑައިވާޓް ކުރިތާ 40 ވަރަކަށް މިނިޓް ފަހުން މާލޭ އެއާޕޯޓުގައި މެންދުރު 50: 12 ގައި ޖެއްސީ މޯލްޑިވިއަންގެ ފްލައިޓެކެވެ.
އޭއައި 263 ފްލައިޓް މިއަދު މާލެ އިން ފުރަން އޮތީ 00: 13 ގަ އެވެ. އަދި ޔޫއެލް 510 ފްލައިޓް ފުރަން އޮތީ 15: 13 ގަ އެވެ. މި ދެ ފްލައިޓް މިހާރު ވަނީ ފުރުން ލަސްކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓް ޑިލޭ ވުމަކީ ދޭތެރެ ދޭތެރެ އިން ދިމާވާ ކަމެކެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދެ ފްލައިޓެއް ޑައިވާޓް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ