ބޮޑު ސަރަހައްދަކަށް މިރެއާ ހަމައަށް މޫސުން ގޯސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރެއާ ހަމައަށް މޫސުން ގޯސްވާނެ ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މީގެ އިރުކޮޅެއް ނެރުނު ހުދު އިންޒާރުގައި ވަނީ ބ އަތޮޅުން ފެށިގެން ގއ އަތޮޅާއި ހަމައަށް ވިއްސާރަ ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެ އިންޒާރުގައި ވިދާޅުވެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުގެ އެ އިންޒާރުގެ މުއްދަތު ހަމަވާނީ މިރޭ 20:00 އަށެވެ.
ހުދު އިންޒާރު : މި އިންޒާރުގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ