މި މެޗުގައި އުރުގުއޭގެ ފަރާތުން ފެނުނު ހަރުކަށި ކުޅުމުގެ ސަބަބުން އެ ޓީމަށް ވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މުޅި މެޗުގައި އުރުގުއޭއިން 14 ފައުލް ކުރިއިރު، ތިން ރީނދޫ ކާޑުގެ އިތުރުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަގުސްޓިން ކަނޯބިއޯ އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މުބާރާތުގެ ގަދަ 16 ގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ގްރޫޕް ޖޭގެ ދެވަނަ ހޯދާ ޓީމާއެވެ. އެ މެޗު އޮންނާނީ ޖުލައި 2 ވަނަ ދުވަހު ލޮސް އެންޖެލިސްގައެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން މިފަހަރުގެ މުބާރާތަށް ކުރިމަތިލީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ.
އުރުގުއޭ ކަޓުވާލައި ސްޕެއިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ