ހަތެއް ފެބުރުއަރީއަކީ ރާއްޖެ އާއި، އިސްލާމްދީން އަދި ގާނޫނު އަސާސީ އަށް ވެސް ފަހުރުވެރި ދުވަހެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހު 7 ވަނަ ދުވަހު "ހުދުމުހުތާރު" ވެރިކަމާ ދެކޮޅަަށް ތެދުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށާއި މިއަދަކީ ރާއްޖެ އާއި އިސްލާމް ދީން އަދި ގާނޫނު އަސާސީއަށް ވެސް ފަހުރެވެރި ދުވަހެއް ކަމަށެވެ.
އުމަރަކީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އޭރު ވެރިކަމުގައި ހުންނެވި މުހައްމަދު ނަޝީދު އާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ނަޝީދު ވެރިކަމުން ވަކިވި އިރު އުމަރު ހުންނެވީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސްގެ މަގާމުގަ އެވެ.
7 ފެބުރުއަރީ އަކީ ރާއްޖެ އަށް ފަހުރުވެރި ދުވަހެއް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ