މައުމޫން ފެކްޝަނުން އެމްޑީއޭއާ ބައްދަލުކުރަން ނިންމައިފި

ޕީޕީއެމާއި އެކު އެމްޑީއޭ ހަދާފައިވާ ކޯލިޝަނާއި އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން ކުރިއަށް ދިއުމަށްޓަކައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާއި ބައްދަލުކުރުމަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ފެކްޝަނުން ވަނީ ނިންމާފައެވެ.
މައުމޫން ފެކްޝަންގެ ތަރުޖަމާން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވިގޮތުގައި އެމްޑީއޭގެ ލީޑަރު ސިޔާމާ ބައްދަލުކުރަން ކައުންސިލް ބައްދަލުވުމުން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގައި ބޭއްވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ނަމަވެސް މައުމޫން ފެކްޝަނުން ބައްދަލުވުންތަކުގައި ބައިވެރިވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއް ކަމެއް ޝުޖާއު ވިދާޅުވެފައެއް ނުވެއެވެ.
ޝުޖާއު އިތުރަށް ވިދާޅުވިގޮތުގައި ޖުމްހުރީ ޕާޓީގެ އިސްވެރިންނާއި އަދާލަތު ޕާޓީގެ އިސްވެރިންނާ ބައްދަލުކުރަން މައުމޫން ފެކްޝަނުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ