2009 ވަނަ އަހަރު މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ތަޢާރަފްކުރި ކަރަންޓުގެ އަގުތަކަށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބަދަލުގެންނަން ނިންމައިފިއެވެ.
އެންވަޔަރަންމަންތް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންކުރިގޮތުން 300 ޔުނިޓުން ފެށިގެން ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ވަނީ އަގުހެޔޮކޮށްފައެވެ. 400 ޔުނިޓުން ފެށިގެން މައްޗަށް ވަނީ އަގު ބޮޑުކޮށްފައެވެ.
ކަރަންޓްގެ އަގަށާއި ސަބްސިޑީއަށް ގެނައިި ބަދަލާއިއެކު، 400 ޔުނިޓަށްވުރެ ދަށުން ބޭނުންކުރާ ގޭބިސީތަކުގެ ބިލަށް 80 ރުފިޔާ އާއި، 135 ރުފިޔާގެ އިތުރުވުމެއް އަންނާނެއެވެ. 400 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ފަރާތްތަކަށް ބޭނުންކުރާ ނިސްބަތަކުން ބިލަށް އިތުރުވެގެންދާނެއެވެ.
އެންވަޔަރމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން ވިދާޅުވީ، އަތޮޅުތަކުގެ 88% ގޭބިސީއާއި، މާލޭގެ 55% ގޭބިސީއަކީ ކަރަންޓްގެ ޔުނިޓް 400 އަށްވުރެ ދަށުން ކަރަންޓް ބޭނުންކުރާ ގޭބިސީތައް ކަމަށްވާއިރު ސަރުކާރުން އެޅުއްވި މި ފިޔަވަޅަކީ ރައްޔިތުންނަށް ފައިދާކުރާނެ ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި މިފަދަ ބަދަލެއް ސަރުކާރުން ގެންނެވީ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކަމަށެވެ.
ޢަބްދުލްމަޠީން ވިދާޅުވީ މިބަދަލާއިއެކު ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ހުރިހައި ސަރަހައްދުތަކެއްގެ ކަރަންޓުގެ އަގު އެއްގޮތް ކުރުން ކަމަށެވެ.
"މިހައިތަނަށް އެންމެ ގިނަ ޝަކުވާތަކެއް ލިބެމުން އައި އެއްކަމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަރަންޓުގެ އަގުތައް ތަފާތުވުން. އެބޮޑު މައްސަލައަށް މިހާރު މިވަނީ ހައްލެއްލިބިފައި."
ސަރުކާރުން ސްޓެލްކޯއަށް ދެމުން އައި ކަރަންޓް ސަބްސިޑީއަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް ބޮޑުބައެއް އުނިކޮށްފައެވެ.
ކަރަންޓުގެ އަގު ބަދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ