އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގެ ކިޔެވުން ނިންމާލައިފި

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ކުރިއަށް ގެންދިޔަ ފުރަތަމަ އިންޓަރ ސްކޫލް ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކިޔެވުންތައް ނިންމާލައިފިއެވެ.މާޗް 15 ވަނަ ދުވަހުގެރޭ ފެށި މިމުބާރާތުގައި ހިތުން ކިޔެވުމުގެ ބައިގައި 125 ދަރިވަރުން ކިޔެވިއިރު ޙާފިޡުކަމުގެ ބައިގައި 6 ދަރިވަރުން ކިޔަވާފައިވެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި ނުވަތަ ފޮތުން ކިޔެވުމުގައި ބައިގައި 173 ކުދިން ކިޔަވާފަވެއެވެ.މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމާއި ރީތިކޮށް ޤުރުއާން ކިޔެވުުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުން ކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހާމަކުރެއެވެ.މި މުބާރާތުގައި ކޮންމެ ބަޔަކުންވެސް އެންމެ މޮޅު 5 ދަރިވަރުން ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ބަޔަކުންވެސް އެއްވަނައަށް ހޮވޭ ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމެއް ލިބިގެންދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ