ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން، މާލެއާއި ވިލިމާލޭގެ މަގުތައް އެންމެ މަތީ ފެންވަރަށް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އާންމުންނަށް ކުރިމަތިވެފައިވާ ދަތުރުފަތުރުގެ ދަތިތަކާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
މި ބިޔަ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2023ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަށަވަރުކުރެއްވި އެހީގެ ދަށުން ހިންގާ އެންމެ އިސްކަންދޭ އެއް މަޝްރޫއެވެ. ވިލިމާލޭގައި އަލަށް ތައާރަފުކުރި ‘މާލެ ޓެކްސީ ލައިން’ ގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ މަގުތަކުގެ މައްސަލަތަކަށް ރައީސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
މި މަޝްރޫއު ފެށުމަށް ބޭނުންވާ ފަންނީ ސާވޭތަކުގެ މަސައްކަތް މި މަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި، މާލޭގެ ބޭރު މަގު އެމްޕީއެލް ސަރަހައްދާ ހަމައަށް ހަދައި މިހާރު ނިމިފައިވާއިރު، ފެރީ ޓާމިނަލާ ހިސާބަށް މަގު ފުޅާކުރުމުގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށާއި، ޕާކުކުރާނެ ޖާގަ އިތުރުކުރުމުގެ އިތުރުން އެއްގަމު އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކަމާ ބެހޭ ހުރިހާ އިދާރާތަކަކުން މިހާރު އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ރައީސް މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ދަށުން އެކުލަވާލާފައިވާ ހާއްސަ ތަސައްވުރު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ބިޔަ މަޝްރޫއު އެއްކޮށް ނިމުމުން، ވިއްސާރަ މޫސުމުގައި މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދުތަކަށް ރައްކާތެރި އަދި ފަސޭހަ ތަނަކަށް ވެގެންދާނެތީ، މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުންޏެވެ.
މާލޭގެ އިމާރާތަކުން މީހަކު ވެއްޓުނު ހާދިސާއެއް ފުލުހުން ތަހުގީގުކުރަން ފަށައިފި ކުނި އެޅުމާއި މާލެ ހަޑިކުރުން ހުއްޓާލުމަށް އާދަމް އާޒިމް އެދިލައްވައިފި މާލޭގެ މަގުތަކުގައި ހެދިފައިވާ ފެން ހިންދާ އާންމު ހާލަތަކަށް ގެނެސްފި 4 އަހަރުގެ ކުއްޖަކު އިމާރާތަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ