ލޯތްބާއެކު ފޮނުވި އެހީ ޣާޒާގެ ރައްޔިތުން ބަލައިގަތީވެސް ލޯތްބާއެކު

ފަލަސްތީނުގެ ޣާޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުވުމުގެ ގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ފަރާތުން ފެށި ލޯތްބާއެކު ކެމްޕެއިންގެ ފުރަތަމަ ބުރުގެ އެހީގެ ތަކެތި މިހާރުވަނީ ޣާޒާގެ ރައްޔިތުންނާއި ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.އެގޮތުން މިކެމްޕެއިންގެ ދަށުން ޣާޒާގެ އާއިލާތަކަށް ބަހަމުންދާ ފުޑް ބާސްކެޓްގައި ހިމެނެނީ ކުކުޅު، ޕާން، ކައްކާ ތެޔޮ، ކެބެޖް، ބީންސް،އެގް ޕްލާންޓް، ފިޔާ، އަލުވި، ކިއުކަމްބަރ އަދި ޓޮމާޓޯއެވެ.އެހީގެ ތަކެއްޗާއި ހަވާލުވާންގޮސްތިބި ޣާޒާގެ ރައްޔިތުންގެ ފަރާތުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މޫނު މަތިން ފެންނަމުން ދިޔައީ ޝުކުރުވެރިކަމުގެ ހިނިތުންވުމެވެ. އިޒްރާއިލުން ހިޞާރުކޮށްފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިފަހަރުވެސް ދިވެހިން ވެދިން އެހީތެރިކަން ޣާޒާގެ ރައްޔިތުން ފާހަގަކުރީ ލޯތްބާއެކުއެވެ.“ފުޑް ބާސްކެޓަށް އަހަރުމެން ޝުކުރު އަދާކުރަން ބޭނުން. بارك الله فيكم وجزاكم الله خير”“ފުޑް ބާސްކެޓް ފޯރުކޮށްދެއްވީތީ جزاكم الله خيرا”“ހުރިހާ ޝުކުރެއް ރާއްޖޭގައިތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށް. ”މިއީ އެހީގެ ތަކެއްޗާއި ހަވާލުވުމަށްދިޔަ ޣާޒާގެ ރައްޔިތުންގެ ޝުޢޫރުތަކެވެ.މިކެމްޕެއިންގެ ފުރަތަމަ ބުރުގައި ޣާޒާގެ އުތުރުގައި ދިރިއުޅޭ 250 އާއިލާއަކަށް 20،000 ޑޮލަރުގެ އެހީގެ ތަކެތި ބެހުމަށް ހަމަޖެހިފައި ކަމަށް އައިއޭސީއިން ބުނެއެވެ.ޣާޒާގެ އާއިލާއެއްގެ 10 ދުވަހުގެ ކެއުމަށް 20 ޑޮލަރު ޚަރަދުވާއިރު ޣާޒާގެ ރައްޔިތުންނަށް އައިއޭސީ މެދުވެރިކޮށް އެހީތެރިވުމުގެ ފުރުޞަތު އަދިވެސްވަނީ ހުޅުވާލާފައެވެ.ޣާޒާގެ ރައްޔިތުންނަށް އެހީވުމަށް:އެކައުންޓް ނަން: އެހީ ޖަމިއްޔާރުފިޔާ އެކައުންޓް ނަންބަރ: 7770000014818ޑޮލަރު އެކައުންޓް ނަންބަރ: 7770000014817ޣާޒާގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުންދަނީ ޣާޒާގައި އެހީގެ ތަކެތި ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ އަލް ފަލާހް ބެނެވޮލެންޓް ސޮސައިޓީއާއި ގުޅިގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ