އަރަފާތް ދުވަހުގެ ހުތުބާއާއި ނަބަވީގައި އީދު ހުތުބާ ދެއްވާނީ ދެބަފައިން

މި އަހަރުގެ އަރަފާތް ދުވަހާއި އީދު ދުވަހުގެ ހުތުބާ ދިނުމަށް ސައުދީ އަރަބިއާގެ ސަރުކާރުން ކަނޑައެޅި ބޭފުޅުންގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމު ޝައިޚް ޑރ. އަލީ ބިން އަބްދުއްރަހުމާން އަލް-ހުޒައިފީ އާއި ޝެއިޚުގެ ދަރިކަލުން ޝައިޚް އަހުމަދު ބިން އަލީ އަލް-ޙުޒައިފީ ދެއްވަން އައްޔަން ކުރައްވައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ ސައުދީގެ ތާރީހުގައި ވެސް ބައްޕައަކާއި ދަރިއަކަށް މިފަދަ ބޮޑު ދެ މުނާސަބަތެއްގެ ޚުތުބާ ކިޔުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
އެގޮތުން މަސްޖިދުއްނަބަވީގެ އިސް އިމާމު ޝައިޚް އަލީ އަލް-ޙުޒައިފީ އިސްވެ ހުންނަވައި ދެއްވާނީ ހައްޖުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާ އަރަފާތް ދުވަހުގެ ހުތުބާ އެވެ. މި ހުތުބާ އިއްވުމަށް ހަމަޖެހިފައިވަނީ އަރަފާތް ބިމުގައި ހުންނަ މަސްޖިދު ނަމިރާގައެވެ.
ޝައިޚްގެ ދަރިކަލުން ޝައިޚް އަހުމަދު އަލް-ޙުޒައިފީ އައްޔަން ކުރެއްވީ މަދީނާގެ މަސްޖިދުއްނަބަވީގައި އީދު ހުތުބާ ދެއްވުމަށެވެ.
މާތްވެގެންވާ ދެ ހަރަމްފުޅުގެ އިދާރާ އިން ކޮންމެ އަހަރަކު ވެސް ހައްޖުގެ އެންމެ މުހިންމު ބައި ކަމުގައިވާ އަރަފާތް ދުވަހުގެ ހުތުބާ ދެއްވާނެ ބޭފުޅަކު ކަނޑައަޅުއްވަނީ ސައުދީގެ ރަސްގެފާނުގެ ސީދާ ޝާހީ އަމުރުފުޅަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ