ކުޅުދުއްފުށީގައި މިއަހަރު އީދު ސައެއް، ކާތަކެތި ހަދިޔާކުރަން ހުޅުވާލައިފި

އަޟްޙާ އީދުގެ މުނާސަބާގައި ގުޅުވައި ކުޅުދުއްފުށީގައި މިއަހަރު އީދު ސައެއް އިންތިޒާމުކުރުމަށް ތައްޔާރުވެއްޖެ އެވެ.
'ކުޑަ ދޫނި ޖަމިއްޔާ' އިން އިސްނަގައިގެން ބާއްވާ މި ސައި އޮންނާނީ އީދު ނަމާދަށްފަހު އަފީފުއްދީން ސްކޫލް ހޯލުގައި އެވެ.
އެ ޖަމިއްޔާ އިން ބުނީ، މިއީ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އުޚުއްވަތްތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ސައެއް ކަމަށެވެ.
މި ސައިގެ މޭޒަށް ތަފާތު ބާވަތްތަކުގެ ކާތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އީދު ސައިގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އީދު ދުވަހުގެ ފަތިހު 05:30 އިން ފެށިގެން 06:30 އާ ދެމެދު އަފީފުއްދީން ސްކޫލް ހޯލަށް ތަކެތި ގެނެސްދެއްވުމަކީ އެ ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.
މި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ވެރިޔާ ހުސައިން އަލީގެ ނަންބަރު 7947585 ނުވަތަ 7457585 އާ ގުޅުމުން ސާފުވާނެ އެވެ.
އީދު ސަޔަކީ އީދާ ގުޅުވައި ވަރަށް ގިނަ ރަށްތަކަކުން ބާއްވަމުން އަންނަ ހަރަކާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ