މި އަހަރުގެ ހައްޖު މޫސުމުގައި ބޭސް ޑެލިވަރީ ކުރުމަށް ޑްރޯން ބޭނުންކުރަނީ

ޑްރޯން ބޭނުންކޮށްގެން ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގެ ދިނުމުގެ ފުރަތަމަ އޮޕަރޭޝަނަލް ހުއްދަ، ސައުދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ޖޭއޭސީއޭ) އިން ދީފި އެވެ.
މި ހުއްދަ ދީފައިވަނީ އިންޑަސްޓްރިއަލް ޑްރޯންގެ ހިދުމަތް ދޭ ސައުދީގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ، ޓެރާ ޑްރޯން އަރަބިއާ އަށެވެ. އެ ހުއްދައިގެ ދަށުން ހައްޖު މޫސުމުގައި މައްކާގެ މުގައްދަސް ބިނާތަކުގެ ސަރަހައްދުގައި ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދިނުމުގައި ޑްރޯން ބޭނުންކުރާނެ އެވެ.
ޖީއޭސީއޭ އިން ބުނި ގޮތުގައި، މި ހުއްދަ ދޫކުރުމުގެ މައިގަނޑު މަގުސަދަކީ އޭވިއޭޝަން ދާއިރާ ކުރިއެރުވުމާއި އާ އުފެއްދުންތަކަށް އެހީތެރިވުމުގެ އިތުރުން މުގައްދަސް ބިންތަކުގައި ސިއްހީ ފަރުވާގެ ހިދުމަތް އަވަސްކުރުން ކަމަށެވެ.
މި ހުއްދަ ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ސިއްހީ އަދި ލޮޖިސްޓިކްސް ހިދުމަތްތަކަށް ޑްރޯން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓްރަޔަލްތަކަށް ބެލުމަށްފަހު އެވެ. އެ ޓްރަޔަލްތަކުގެ ސަބަބުން މިފަދަ ހިދުމަތްތައް ހިންގުމަށް ބޭނުންވާނެ އުސޫލުތަކާއި ގަވާއިދުތައް އެކުލަވާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް ޖީއޭސީއޭ އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ